22 ޑިސެމްބަރު 2025 0 0

ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މަނާ، 11،12 ކުދިންގެ ފޯނު ލޮކަރަށް!

ޝޝީން00:40 2 މިނިޓު
A
ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މަނާ، 11،12 ކުދިންގެ ފޯނު ލޮކަރަށް!

ދިރާސީ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާއިރު، ގްރޭޑް 10 އިން ދަށުގެ ކްލާސްތަކުގައި ކިޔަވާ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ހަރުކަށިކޮށް، ގްރޭޑް 11،12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވުނަސް ކްލާސްގަޑީގައި އެ ކުދިންގެ ފޯނުތައް ލޮކަރުގައި ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.


ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލައިގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެހެންވެ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން އިމްޕްލިމެންޓް ކުރަން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


"ސްކޫލުތަކުގައި ކުދިން ފޯނު ބޭނުންކުރާ މައްސަލަ، ގްރޭޑު 10 އިން ފެށިގެން ދަށަށް އެއީ ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އިމްޕްލިމެންޓެއް ނުކުރޭ. މިހާރު އެކަން ބޮޑުވަމުން ބޮޑުވަމުން ދަނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.



"އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށޭއިރު ގްރޭޑު 10 ގެ ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ހަރުކަށިކޮށް އިމްޕްލިމެންޓް ކުރާނެ އެކަންތައް."

ރައީސް ވިދާޅުވީ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ ދަރިވަރުންނަށް ވެސް ސްކޫލުގައި ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


ރައީސް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކްލާސްރޫމްތަކުގައި ބެހެއްޓުމަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކިޔަވައިދޭ ގަޑީގައި ފޯނު ބަހައްޓަން ޖެހޭނީ ލޮކަރުގައި ކަމަށާއި އެކަމަކު ލިބޭ ހުސް ވަގުތުތަކުގައި އެ ގްރޭޑުތަކުގައި ކިޔަވާ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


ކިޔަވާ ކުދިން ސްކޫލްތަކުގައި ފޯނު ގެންގުޅުން ހަރުކަށި ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު މި އިއުލާން ކުރެއްވީ އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި މި މަހުގެ ކުރީކޮޅު ހިނގި ތަޅާފޮޅުމެއްގެ ވީޑިއޯއެއް އާންމުވެ، އެ މާރާމާރީގެ މައްސަލަ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ. އަދި ކްލާސްރޫމުގެ ތެރޭގައި ދެ ޖިންސުގެ ކުދިންގެ ފަރާތުން ފެންނަން ނުޖެހޭ "ހުތުރު" މަންޒަރުތައް ވެސް ވީޑިއޯކޮށް އާންމުކޮށްފައި ވެ އެވެ.


ސްކޫލަށް ކުދިން މޮބައިލް ފޯނު ވައްދައިގެން ތަފާތު އެހެން މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި ވެ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 48 ޕަސެންޓަށް އިތުރުކުރެވިއްޖެ: މިނިސްޓަރު

އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 48 ޕަސެންޓަށް އިތުރުކުރެވިއްޖެ: މިނިސްޓަރު

13 ޖުލައި 202601
ގްރޭޑް 6 ގެ ދަރިވަރުގެ ކުއްލި މަރާ ގުޅިގެން ބެންގަލޫރުގެ އައްޕަނަހައްލީގައި މުޒާހަރާކުރަނީ

ގްރޭޑް 6 ގެ ދަރިވަރުގެ ކުއްލި މަރާ ގުޅިގެން ބެންގަލޫރުގެ އައްޕަނަހައްލީގައި މުޒާހަރާކުރަނީ

9 ޖުލައި 202600
ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟

ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟

3 ޖުލައި 202600
ހިންމަފުށީ ސްކޫލަށް ގައިދީން ޑެސްކު ޖަހައިދީފި

ހިންމަފުށީ ސްކޫލަށް ގައިދީން ޑެސްކު ޖަހައިދީފި

8 ފެބްރުއަރީ 202601
ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

5 ފެބްރުއަރީ 202600
ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

27 ޖަނަވަރީ 202600

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ