10 ޖުލައި 2026 2 0

މަންމާ. އަހަންނަށް މާފުކުރޭ!

މމުހައްމަދު23:07 2 މިނިޓު
A
މަންމާ. އަހަންނަށް މާފުކުރޭ!

އަހަރެންގެ ނަމަކީ އާރިފްއެވެ. އަހަރެންގެ އުމުރުން 55 އަހަރު، އަހަރެންގެ މުޅި އުމުރު ހޭދަކޮށްފައިވަނީ އަހަރެންގެ އާއިލާ ދުވަހަކުވެސް ކާނާއެއް ނެތި، ބޮލުގައި ފުރާޅެއް ނެތި، އަދި ބޭނުންވާ އަސާސީ ތަކެތި ނެތި ނުދާނެކަން ޔަގީން ކުރުމަށްޓަކައެވެ


އެކަމަކު އަހަރެމެންގެ އެންމެ ބޮޑު ގޯހަކީ އަހަރެމެންގެ 22 އަހަރުގެ ދަރިފުޅު އާލިމް އަކީ އަދިވެސް ކުޑަކުއްޖެއް ކަމަށް ގަބޫލު ކުރުމެވެ.


ސުކޫލުން ކެނޑިގެން، ވަޒީފާއަކަށްވެސް ނުގޮސް، މުޅި ދުވާލު ދަމު ނިދާފައި، ގޭމް ކުޅެން ދުވަސްތައް ހޭދަކޮށް، އަހަރެންގެ ކްރެޑިޓް ކާޑުން ކާބޯތަކެތި އޯޑަރުކޮށް، އަހަރެމެންގެ ގެއާ މެދު ކަންތައް ކުރީ ހޮޓަލެއް ފަދައިންނެވެ. އޭނާގެ ކޮޓަރީގައި ހަޑި ތަށިތައް ޖަމާވެފައި ހުރިއިރު ހުރިހާ ތަނެއްގައި ހެދުންތައް ހުންނަނީ އުކާލާފައެވެ. އަހަރެމެންނަށް ދުވަހަކުވެސް އެހީތެރިވުމަށް އެންމެ ކުޑަމިނުން އިނގިއްޔެއްވެސް ހިއްލާނުލާނެއެވެ.


އަހަރެންގެ އަންހެނުން ޒަރީނާ އަބަދުވެސް އޭނާގެ ދިފާޢުގައި ތެދުވެއެވެ.. އޭނާ ބުނަނީ ދަރިފުޅަށް ވިސްނި ރަނގަޅު މަގުން އަދި ހިނގާނެކަމަށެވެ. އަހަރެންގެވެސް އެދުމަކީ އެއީއެވެ. އެމީހެއްގެ ދަރި ރަނގަޅު ގޮތުގައި ތަރުބިއްޔަތުވުމަށް ނޭދޭނީ ކޮން ބަފަޔަކު ނުވަތަ މަޔަކު ހެއްޔެވެ؟


. އެއްދުވަހަކު އަހަރެން އޮފީހުން އައިތަނާ ފެނުނު މަންޒަރުން އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އާލިމް އިނީ ސޯފާގައި ވިޑިޔޯ ގޭމް ކުޅޭށެވެ.

ޒަރީނާ އޭނާއަށް ކާތަކެތި ގެންގޮސް ދެނީއެވެ. ސައިތަށި ކުޑަކޮށް ހިހޫވެފައިހުރުމުން އަތްފޮޅާލާފައި ތަށި ވައްޓާ އެއޮށް ތަޅާލީއެވެ. އިސްދަށަށް ޖަހައިގެން ހުރެ ޒަރީނާ ގޮސް ވަނީ ކޮޓަރިއަށެވެ. އެ ހިނދު ޒަރީނާގެ ދަރަޖައަކީ އަހަރެމެންގެ ދަރި އާލިމްގެ ކުރިމަތީގައި މަންމައެއްގެ ދަރަޖައަކަށްވުރެ ދަށު ދަރަޖައެއް ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. މަންމައެއްގެ މަގާމުން ނޯކިރީއެއްގެ ދަރަޖައަށް ތިރިވީއެވެ. ހާދަހާ ދެރައެވެ.


އޭނާގެ މަންމަގެ ކިބައިން މާފަށް އެދުމަށް އަހަރެން އާލިމްއަށް ވަގުތުން އަމުރު ކުރީމެވެ. އޭނާގެ ތަބީއަތުން އަހަންނަށް ލިބިގެން ދިޔައީ ސިހުމެކެވެ. އަހަރެންގެ މެޔަށް އަލިފާން ރޯވިފަދަ އިހުސާސެއް އެހިނދު ކުރެވުނެވެ.

އޭނާ އެއްވެސް އަގަލެއް ސަގަލެއް ނެތި އަހަންނާ ދިމާއަަށް ބުނީ 'ދެން އެހެންވީމާ ކާތަކެތި ކަލޭ ގެންނަންވީނު؟ "


އިތުރު ބަހެއް ނުބުނެ އަހަރެން އޭނާގެ ކޮޓަރިއަށް ވަދެ ކަޅުކުލައިގެ ތިން ތަސްބިން ކޮތަޅު ނަގައި އޭނާގެ ހުރިހާ ތަކެތި ޕެކް ކޮށްލީމެވެ. އޭނާގެ ހެދުމާއި ބޫޓާއި ގޭމިން ސާމާނާއި ހެޑްފޯނާއި އަހަރެމެންގެ

ފައިސާއިން އޭނާ ގަނެފައިވާވާ ހުރިހާ ތަކެއްޗެވެ.


އަހަރެން ސީރިއަސްކަން އެނގުމުން އަސްލު އަހަރެން އޭނާ ބޭރަށް އުކާލަނީތޯ އޭނާ އަހައިލިއެވެ.


އަހަރެން އޭނާގެ ލޮލަށް ބަލާލަމުން ބުނީމެވެ


ކަލޭގެ އުމުރުން 25 އަހަރު. ކަލޭގެ ދެއަތާއި ދެފައި އެބައޮތް މަސައްކަތްކުރަން. މަންމައަކީ ކަލޭގެ މެއިޑެއް ނޫން، އަދި އަހަންނަކީ ކަލޭގެ އޭޓީއެމްއެއްވެސް ނޫން. މިއަދުން ފެށިގެން ކެއުން ބޭނުން ނަމަ އަމިއްލައަށް އުޅޭ


އޭނާ ރުޅިގަދަވެ، ހެއްދެވި ނުހެއްދެވިއަށް ގޮވާފައި ޗޮސްކަނޑާފައި ގޮސް ވަރަށް ބާރަށް ގޭގެ ދޮރު ލައްޕާފައި ގެއިން ނިކުމެން ހިގައްޖެއެވެ.

އޭނާ ހަނދާންނެތިވެ، ދިޔައީ މި ގޭގައި ފޯނު ބާއްވާފައެވެ. އޭނާގެ ފޯނު ހުޅުވާލުމުން ފެނުނު މެސެޖްތައް ގަބޫލުކުރަން އަހަރެންގެ ދެލޮލާއި ޒަމީރު ނުރުހުނެވެ. އޭނާގެ ރަހްމަތްތެރިއަކު ކޮށްފައި އޮތް މެސެޖެއްގައި އޮތެވެ. " އެ މުސްކުޅި އަންހެނާ އަތުން މިއަދު ކޭޝް ކޮޅެއް ލިބުނުހެއްޔެވެ؟ "


ޒަރީނާގެ ބަލިފަޔަކީ ދަރިފުޅު ދެކެ އޭނާވީ ލޯތްބެވެ. ދަރިފުޅު ބުނީމާ ފައިސާ ދިނީއެވެ. ދަރަނިވެރިވެގެން ވިޔަސް އޭނާ ބުނާ އެއްޗެއް ޒަރީނާ ދިޔައީ ހޯދަމުން ކަން މިއަދު އަހަންނަށް ފަޅާއެރީއެވެ.


އޭގެ 3 މަސް ފަހެވެ.

އާލިމް މިގޭގެ ދޮރުގައި ޓަކި ދިނީމާ ޒަރީނާ ރޮށި ދަމަން ހުރެފައި ގޮސް ދޮރުހުޅުގައިލިިއެވެ. އާލިމް ޒަރީނާގެ އަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ. އެ ސިޓީ އުރައިގައި ވަނީ އޭނާގެ ފުރަތަމަ މަހުގެ މުސާރައެވެ.

އޭނާ އަހަރެމެންގެ ކިބައިން މާފަށް އެދުނެވެ. ފެންކަޅިވެފައި ހުރި ހާލުގައެވެ.

އޭނާ ކައިރީގައި އަހަރެން ބުނީމެވެ. ދަރިފުޅާއެވެ. ބައްޕައާ މަންމަ ދަރިފުޅަށް މާފުކޮށްފީމެވެ. އެކަމަކު މާފަށް އެދުމަކީ ހަމަ އެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އަމަލުން އެކަން ދައްކާށެވެ. ދަރިފުޅުގެ ދިރިއުޅުން ދަރިފުޅު ބިނާކުރާށެވެ. މަންމައާ ބައްޕަ މިތިބީ ގައިބާރުދެރަވެ މުސްކުޅިވެފައެވެ. ބައްޕަގެ މި ނަސޭހަތް ދަރިފުޅު ގަބޫލުކުރާހާ ހިނދަކު މިގޭގެ ދޮރު ހުންނާނީ ދަރިފުޅަށްޓަކައި ހުޅުވިފައެވެ. ދިރިއުޅުމުގެ އުނދަގޫތަކާއި ކުރިމަތިލައި ތަހައްމަލުކުރާށެވެ. ދެފައި މައްޗަށް ކޮޅަށް ތެދުވާށެވެ. މި ބައްޕަގެ މި ނަސޭހަތް ގަބޫލުކުރާށެވެ.


ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

21 ޑިސެމްބަރު 202500
ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

15 ޑިސެމްބަރު 202500
އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

25 އޮކްޓޯބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ