15 ޑިސެމްބަރު 2025 0 0

ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

ޝޝީން12:19 2 މިނިޓު
A
ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުން މިދިޔަ އޮކްޓޯބަރު ނެރުނު ހުކުމް ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މިހާތަނަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.

އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ފައިސާ ދިން ގޮތާއި ފައިސާގެ އަދަދާ މެދު ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ހުކުމްގައިވެ އެވެ.

ދެވަނަ ފަހަރު އެ މައްސަލަ ބެލިއިރު ވެސް ބައްޕަގެ ފަރާތުން މުއްދަތު ހަމަވިފަހުން ޖަވާބު ހުށަހަޅާފައިވާތީ އެ މައްސަލާގެ ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އެ ނިންމުން ކައިޒީންގެ ފަރާތުން އަނެއްކާވެސް އިސްތިއުނާފްކުރި އެވެ.

އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއް މައުޟޫއު ފުރަތަމަ ފަހަރަށް ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
މަންމާ. އަހަންނަށް މާފުކުރޭ!

މަންމާ. އަހަންނަށް މާފުކުރޭ!

10 ޖުލައި 202602
އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

21 ޑިސެމްބަރު 202500
އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

25 އޮކްޓޯބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ