25 އޮކްޓޯބަރު 2025 0 0

އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

އއެޑްމިން12:37 1 މިނިޓު
A
އާރްޔަން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ މިހެންވެ

ބޮލިވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރުމަށް ނިންމި ހަގީގީ ސަބަބު އެކްޓަރު ރަޖަތު ބެދީ ބުނެދީފިއެވެ.

ދާދިފަހުން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ރަޖަތު ވަނީ އާރްޔަންގެ އަލަށް ޑައިރެކްޓްކުރި ވެބް ސީރީސް "ބޭޑްސް އޮފް ދަ ބޮލީވުޑް"ގެ ސެޓުގައި ކުރެވުނު ތަޖުރިބާތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

އެ ސީރީސްގައި ޖަރަޖް ސަކްސޭނާގެ ކެރެކްޓާއިން ފެނުނު އެކްޓަރު ބުނީ އަރްޔަން އަކީ ހަގީގަތުގައި އެކްޓިން ހުނަރު ވަރަށް މޮޅަށް ލިބިފައިވާ ޒުވާނެއް ކަމަށެވެ.


ބޮލީވުޑްގެ ކިންގް ޚާންގެ ލަގަބު ބެލުންތެރިން ދީފައިވާ ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އެކްޓިން ދާއިރާއިން ކުރިއަށްނުދިއުމަށް ނިންމި ނިންމުމާ ގުޅޭގޮތުން އާރްޔަންއާ ރަޖަތު ސުވާލުކުރި ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

އޭގެ ޖަވާބެއްގެ ގޮތުގައި އާރްޔަން ބުނީ ބައްޕަ ޝާހްރުކް ޚާން ފަދަ މޮޅު އެކްޓަރެއްގެ އެކްޓިންއާ އޭނާގެ އެކްޓިންއާ އަޅައިބަލާ މަންޒަރު ބަލަން އޭނާ ބޭނުންނުވާ ކަމަށެވެ.

އެއަށްވުރެ ބޮޑަށް އާރްޔަންގެ ވިސްނުންހުރީ މިވަގުތު ފިލްމު ޑައިރެކްޝަނަށް ކަމަށާއި ނަމަވެސް ކުރިމަގުގައި އެކްޓިން ދާއިރާގައި މަސައްކަތް ކުރުމާ މެދު ވަރަށް ބޮޑަށް ވިސްނާނެ ކަމަށް އާރްޔަން ރަޖަތު ގާތު ބުނެފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ޝާހުއާ ވަރަށް ވައްތަރު ސިފަތަކެއް އާރްޔަން ލިބިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު އާރްޔަންގެ މިޒާޖުވެސް ޝާހުއާ އެހާ އެއްގޮތްއިރު އޭނާ އެކްޓިން ދާއިރާ ޚިޔާރުނުކޮށް ފިލްމު ޑައިރެކްޝަނަށް ނުކުތުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނެވެ.

ފިލްމު އުފެއްދުމާއި ފިލްމު ޕްރޮޑަކްޝަންގެ ދާއިރާއިން އެމެރިކާގައި މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނާގެ އަލަތު ވެބް ސީރީސްއަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ސީރީސްގެ ބައެއް މަންޒަރުތައް އާރްޔަން ކިޔައިދިންއިރު ވަރަށް ރަނގަޅަށް އެކަން އެނގުނު ކަމަށާއި ސީރީސްގެ ސެޓުގައި މަސައްކަތްކުރި އެންމެންވެސް އެކަން ގަބޫލުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
މަންމާ. އަހަންނަށް މާފުކުރޭ!

މަންމާ. އަހަންނަށް މާފުކުރޭ!

10 ޖުލައި 202602
އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

އިންޑިޔާގެ މަޝްހޫރު ސޯޝަލް މީޑިޔާ އިންފުލުއެންސަރު ނީތޫ ބިސް ރާއްޖޭގައި

21 ޑިސެމްބަރު 202500
ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓާ ހަމައަށް

15 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ