22 ޑިސެމްބަރު 2025 0 0

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

ޝޝީން00:43 1 މިނިޓު
A
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައިސް ވިދާޅުވީ، މަސާޖު ޕާލާތަކަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން އެފަދަ ތަންތަން ބަންދުކުރި ފަހަރު ކަމަށެވެ.


"9 ޑިސެމްބަރުން މިއަދު، 21 ޑިސެމްބަރުގެ ނިޔަލަށް 83 މަސާޖު ޕާލާ ބަންދުކުރެވިއްޖެ. އާދެ އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލިއިރުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް މިއާ ގާތްކުރަން ކީއްކުރަންތޯ މީގެ ބައިކުޅަ ބައި ވެސް ބަންދުކުރެވިފައި ނުވޭ،" މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއި ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ކުރިން މަސާޖު ޕާލާތައް ބަލައި އިންޒާރުދީ، ފިޔަވަޅުތަކެއް އަޅާފައި އޮވެދާނެ އެވެ. އެކަމަކު އެ ތަންތަން ބަންދުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބައެއް ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށާއި އެޗމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.


އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމުގެ ބޭނުމުގަ އެވެ.

އެ އޮޕަރޭޝަން ފައްޓަވައި، ރައީސް ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.


ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށެވެ. ކޮންމެ މީހަކު ހުށަހަޅާ ހިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500
ހުޅުމާލެ ތިނެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި

ހުޅުމާލެ ތިނެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ