25 ޖަނަވަރީ 2026 0 0

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

އއެޑްމިން16:49 1 މިނިޓު
A
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިއަދު ހަދައިފިއެވެ.

ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އަންނަ އާގުބޯޓުފަހަރު ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ގައުމުގެ އިގުތިޞާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.

މި ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި، ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މިއީ މާލޭގެ ވިޔަފާރި ބަނދަރު ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.

އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500
ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

27 ނޮވެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ