ބުޅަލުގެ ސަބަބުން އެތަކެއް ބަލިތައް ފެތުރުމުގެ ފުރުސަތު ފަހިވާ ގޮތަށް މާލޭ ސަރަހައްދުގައި ކަންތައްތައް ހިނގަމުންދާކަމަށާއި، މާބަނޑު އިރު ހާއްސަ ސަމާލުކަމެއް ނުދީފިނަމަ، ބަނޑުގައި އޮތް ދަރިފުޅު ހީވެސް ނުކުރާހާ ނުރައްކަލަށް ހުށަހެޅިދާނެ. މާނައަކި ދަރިފުޅު ނުކުޅެދޭ ކުއްޖެއްގެ ގޮތުގައި އުފަންވެދާނެއޭ. އެހެންވީމާ، މިއީ އިންތިހާއަށް ސީރިއަސް މައްސަލައެއް. ބުޅަލުގެ ސަބަބުން ފެތުރޭ ޖަރާސީމަކުން ވަރަށް ގިނަ މީހުންގެ ލޯ އަނދިރިވެފައި އެބަހުރި. ސުކޫލަށް ދާ ދަރިވަރުންނަށް އުނދަގުލާ ކުރިމަތިލާން ޖެހިފައި އެބަހުރި. އުމުރުން ދުވަސްވީ މީހުންނަށް އެކި ގޮތްގޮތުން އުނދަގޫ ވެފައި އެބަހުރި. އާންމުންގެ މުދަލަށް ގެއްލުންވެފައި ހުންނަނީ އިންތިހާއަށް ގިނަ ފަހަރު. މި ދެންނެވީ ސައިކަލުގެ ސީޓަށް ލިބޭ ގެއްލުން. ބުޅަލުގެ ކުޅުގައި ނުރައްކާތެރި ޖަރާސީމެއް އުޅޭ ހާލަތެއްގައި ސައިކަލުގެ ސީޓުގައި އަތް ހޭކުމަށްފަހު ބޭއިހްތިޔާރުގައި ލޮލުގައި އަތް އުނގުޅިއްޖެނަމަ، ލޯ އަނދިރިވާ ބަލި ޖެހުން އެކަށީގެންވޭ. މިހެންކަމުން މިފަދަ ހާލަތުގައި ލޮލުގައި އަތް ނޫނގުޅުމަކީ ވަރަށް މުހިންމުކަމެއް.
ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރުވަނީ ރައްޔިތުންގެ ސިއްހަތާއި އާންމު ދިރިއުޅުމަށް އިންތިހާއަށް ދަތިވަމުންދާއިރު، ސަރުކާރުގެ ފަރާތުން ކަންތައްތައް ހައްލުނުކޮށް ހެޑްލައިން ހަދަމުންދާކަމަށް. ސަރުކާރުވަނީ ބޮޑު ތަނުން ފެއިލްވެފައިވާ ފަދަ މޭރުމަކުން އޭނާ ވަނީ ވަރަށް އަސަރާއެކު ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައި.
އިސްލާމް ދީނުގައި ދިރޭތަކެއްޗަށް އޯގާތެރިވުމަށް އޮންނަކަމަށާއި، އޭނާވެސް އެކަން ފުރިހަމައަށް ގަބޫލުކުރާ ހިނދު، ސަރުކާރުގެ ފަރުވާ ކުޑަކަމުން ބުޅަލާމެދު އަޅާލުން ނުލިބި އެތަކެއް ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި. މަގުމަތީގައި ބުޅާ ގިނަވުމުގެ ސަބަބުން މަގުމަތީގައި އެކްސިޑެންޓް ހިނގާފައިވޭ.
ސަރުކާރުގެ ފަރާތުން، ބުަލަލާއި އިންސާނުންނާއެކު ދިރިއުޅެން ދަސްކޮށްދިނުމުގެ ބޭނުމުގައި "ބާއުކަލޯ" އޭ ކިޔައިގެން ޕްރޮގްރާމެއް އިއުލާނުކޮށްފައިވަނީ ހެޑްލައިން ހެދުމުގެ ބޭނުމައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. އެތަކެއް މިލިއަނުން ފައިސާ އިސްރާފުކުރަމުން ދާއިރު އެއްވެސް އެދެވޭ ބަދަލެއް މި ސަރުކާރަށް ގެނެވިފައި ނުވާކަމީ، ގިނަ ރައްޔިތުން ގަބޫލުކުރާ ކަމެއް.
މައްސަލައަކީ ސާފުތާހިރުކަން އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ޖެހުނު ގޮތަކަށް ކާތަކެތި އަޅާ މީހުން ކަމަށާއި، މިކަމުގައި ޒިންމާކުރުވަނީ ބުޅާ ކަމުގައި އެމީހުންނަށް ހީވެފައިވާ ކަމަށް މި ފަދަ މީހުންގެ ވާހަކައިން ދޭހަވޭ.
އަދި އަވަށްޓެރިންނަށް އުނދަގޫ ނުކުރުމަށް ދީނުގައި ބާރުއަޅާފައިވާ ހިނދު، ސާފުތާހިރުކަމަކީ އިސްލާމީވަންތަ ސިފައެއް ކަމަށް އަހަރެމެން މުސްލިމުން ގަބޫލުކުރާ ހިނދު، މިފަދަ ކަންތައްތަކުގައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރޭ.
މިކަމުގައި ހައްލު ހޯދުމަށް ދަތިވަނީ، އާންމު ތަންތަނަށް ބުޅާ އެއްކޮށް ކާންދީ ހަދާ މީހުން، ވެމްކޯ އާއި އެޗްޑީސީގެ ބެލެހެއްޓުމާ ހަވާލުވެފައިތިބޭ މުވައްޒަފުންގެ ބަހަށް ތަބާނުވެ، ޖަދަލުކޮށް، ބައެއް ފަހަރު އެ މުވައްޒަފުންނަށް ބިރުދައްކައި ފޮޓޯ އާއި ވިޑިޔޯ ނަގާތީ ކަމަށް ގިނަ މުވައްޒަފުން ބުނޭ. މިފަދަ ކަންތަކާގުޅިގެން ރައްޔިތުން އެޗްޑީސީއަށް ފޮނުވާ ސިޓީތަކަށް އެ އިދާރާއިން އެއްވެސް ޖަވާބެއް ނުދޭކަމަށްވެސް ގިނަ ބަޔަކު ބުނޭ. މި ގޮތަށް މިކަން ހުރުމުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަމަށް އަސަރުކުރާއިރު، ސަރުކާރުން އެއްވެސް ވަރަކަށް މިކަމަށް ހައްލުހޯދުމަށް މަސައްކަތް ނުކުރާތީ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ސަރުކާރާމެދު ނުރުހިފައި.
ހުޅުމާލޭގެ ފުލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހީވަނީ ފުލެޓްގެ ތިރީގައި އޮންނަ ޖާގައަކީ އެމީހުންގެ ސިޓީންރޫމުގެ ބައެއްގެ ގޮތުގައިތޯ މިފަހަކުން މީހަކުވަނީ ސުވާލު އުފައްދާފައި. މިފަދަ ފުލެޓާބެހޭ ގޮތުން ކަންތައް އޮންނަ ގޮތް އެއްވެސް މިންވަރަކަށް ރޯފިލާފައި ނެތްކަން މިފަދަ ވާހަކަތަކުން ދޭހަވޭ.
ރާއްޖެއަށް ބޭރުގެ އެކި ބުރީޑުތަކުގެ ބުޅާ ގަސްތުގައި އެތެރެކުރާކަމަށާއި، މިކަން ކުރަނީ ބޭރުގެ އިންސާނީ ހައްގާ ބެހޭ ޖަމާޢަތަކުން ކަމަށް މިކަން ދިރާސާކުރަމުންދާ ފަރާތްތަކުން އެބަބުނޭ. ރާއްޖޭގައި، ހާއްސަކޮށް ގްރޭޓަރ މާލޭ ސަރަހައްދުގައި ބުޅާ ގިނަކުރުމަށް ރޭވިގެން ހިންގާ ހަރަކާތެއް އެ ޖަމާއަތުން ހިންގާކަމަށް ތުހުމަތުކުރެވޭތީ، އެކަމާބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިކަމާމެދު ކަންބޮޑުވާ މީހުން އެބަބުނޭ. ބުޅަލަށް ކާންދޭ މީހުން ހޯދުމަށް އިއުލާނުކޮށް އެ މީހުންނަށް ޗަންދާދީ ހެދުމާއި، ރާއްޖެ އަންނަ އެ ޖަމާއަތާ ގުޅިފައިވާ ވޮލަންޓިއަރުން މެދުވެރިވެ އެކި ބުރީޑުގެ ބުޅަލާއި ކާތަކެތި ހިލޭ ސާބަހަށް ގެނެސްފައި އެބަހުރި. އެމީހުން ބުޅަލަށް ކާންދިނުމަށް ތެޔޮ އެކުލޭވާ މަަސްދަޅު ކަނޑާލާފައިދޭ. އެއިން ބުޅަލަށް ސިއްހީ ގެއްލުން ފޯރާ. އަދި އެފަދަ ތަކެތި ކުނިވެ ސަރަހައްދުގައި ވަސްދުވިޔަސް އެކަން ކުރާ މީހުން އަޅާނުލާ. އެމީހުން ބުނަނީ ސާފުކުރަން ވެމްކޯ އާއި އެޗްޑީސީގެ މުވައްޒަފުންތިބޭނެކަމަށް މުސާރަދީފައި.
ދަންވަރު ގަޑީގައި ބުޅަލަށް ކާންދިނުމަށް މާލެ ވިލިމާލެ ހުޅުމާލޭގައި ބުަޅާކާނާ ބަސްތާތަކުގައި ވެހިކަލެއްގައި އުފުލައި ކާންދީ ހަދާފައި އެބަހުރި. މިފަދަ ކިތަންމެ މައްސަލައެއްވަނީ ފުލުހަށްވެސް ހުށަހަޅިފައިކަމަށް މީހުންގެ ބަހުން އެބަ އެނގޭ. މިކަމުގައި އެޗްޑީސީގެ ވެރިން ވަނީ ފެއިލްވެފައި.
ފޭސް 2 ގެ ވިނަރެސް 5 އާއި 6 އާއި ދެމެދު ޓައްޕުތަކެއް ބަހައްޓައި، ދަބަސްތަކުގައި ކާތަކެތި ގެނެސް އަޅާ ހަދާތީ، އެކަން ނުކުރުމަށް އެދުމުން، އެކަން ކުރުމުގައި އުޅޭ މީހުން ވަނީ އެ މީހާއަށް ބިރުދައްކައި، އެމީހާގެ 18 އަހަރު ނުފުރޭ ދަރިފުޅާއި ސައިކަލުގެ ވިޑިޔޯކޮށް ސޯޝަލް މީޑިޔާއަށް ލާފައި. އަދި އެމީހާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ކަންވީ ގޮތް މީހުންނަށް އޮޅުވާލަން ސޯޝަލް މީޑިޔާ ބޭނުންކޮށްފައި. އެ މައްސަލަ ފޮލިހުން ބަލަމުން ދާކަމަށް މައުލޫމާތު އެބަލިބޭ. މިކަމުގައި އެންމެ އިސްކޮށް އުޅެނީ ފޭސް 2 ގައި ދިރިއުޅޭ ޔޫރަޕުގެ އަންހެނެއް ކަމަށް މަންޒަރު ފެންނަ ގިނަ ބަޔަކު ބުނޭ. ފޭސް 2 ގެ ހިޔާ ޓަވަރު 2 ، 4 ، 5 އަދި 14 ގެ ކައިރީގައި ބުޅަލަށް ދަންވަރު ކާން އަޅަމުން ދާ މީހަކު އުޅޭ ކަމަށާއި، ފޭސް 2 ގެ ޕާކުތެރޭގައި ބުޅަލުގެ ނަޖިސް ހުންނަކަމަށާއި، އެތަނަށް މިސްކިތަށް ދާ މީހުންނާއި، ޕާކުގެ ތެރޭގައި ކުޅެން އުޅޭ ކުޑަކުދިންނަށް ވަރަށް ގިނަަފަހަރު މިކަމުން ނޭދެވޭ އަސަރުކޮށްފައިވޭ.
މިކަމުގައި ހައްލު ހޯދުމަށް ދަތިވާ އެއް ސަބަބަކީ މި އަމަލު ހިންގާ ޖަމާޢަތުން، މިކަމުގައި ނަސޭހަތްތެރިވާ ފަރާތްތަކާ ދިމާކޮށް އިންޒާރުދީ ވިޑިޔޯ އާއި ފޮޓޯ ސޯޝަލް މީޑިޔާއަށްލައި، ކުށެއްނެތް ފަރާތްތަކުގެ ބޮލުގައި ބުޅަލަށް އަނިޔާކުރާކަމަށް ބުނެ ދޮގު ތުހުމަތު އަޅުވާ ހަދާތީ ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރޭ.
ރައްޔިތުންގެ ތެރެއިން 90 އިންސައްތަ މީހުން މިކަމާ ނުރުހޭ ކަމަށް މި ދިޔަ ސެޕްޓެންބަރު މަހު ނެތި ޕޯލަކުން ދެއްކި. ރައްޔިތުން ނުރުހުނަސް މިކަމުގެ ހައްލު ހޯދުމުގެ ބަދަލުގައި "ބާއުކަލޯ" އޭ ކިޔައި ސަރުކާރުންވަނީ ޕްރޮގްރޭމެއް ފަށާފައި. މިފަދަ ޕްރޮގްރާމްތައް ފަށައި ހެޑްލައިން ހެދުމުގެ ބަދަލުގައި އެކަމާ ބެހޭ މިނިސްޓްރީން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މިނިސްޓްރީގެ ފޯނަށް ޖަވާބުދާރީވުމާއި، މިކަމުގައި ހަގީގީ ހައްލެއް ހޯދައިދިނުން ކަމުގައި ގަބޫލުކުރަންޖެހޭ.
ބުޅަލުގެ ސަބަބުން ނުރައްކާތެރި ވައިރަލް އިންފެކްޝަނެއް ފެތުރި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އޮތް އިރު، ހެލްތު މިނިސްޓްރީއިން މިކަމާ އެއްވެސް ވަރަކަށް އަޅާނުލުމަކީ ނުހަނު ދެރަކަމެއް.
ސަރުކާރަށް ހައްލުނުވެ އޮތީ މި މައްސަލަ އެކަންޏެއް ނޫން. ކައުންސިލަރު އެދުނީ ސަރުކާރަށް ނުވަންޏާ ކައުންސިލާ ކެޓް ޝެލްޓަރ ހަވާލުކުރުމަށް.
މީގެ އިތުރުން، ރައްޔިތުންނަށް ހައުސިންގެ ޓޯޓަލް ސޮލިއުޝަނެއް ހޯދައިދޭނެކަމަށް ވައުދުވެފައިވާއިރު، ދައުރު ނިމެން ކައިރިވެފައިވީ ހިނދުވެސް އެެއްވެސް ކަމެއް ނުކުރެވޭކަމަށް ސައިހޮޓާތަކުގެ މޭޒުތަކުގައި އަޑުއިވެނީ މަދަކުން ނޫން.









ކޮމެންޓުތައް (0)