2 ޑިސެމްބަރު 2025 0 0

އެމްއެންޔޫގެ އާކިޓެކްޗަރ ދަރިވަރުންގެ މައުރަޒުގައި ތޮއްޖެހިފައިވާ މާލެ ސަރަޙައްދަށް ރީޖެނަރޭޓިވް މާސްޓަރ ޕްލޭނެއް

އއެޑްމިން17:50 1 މިނިޓު
A
އެމްއެންޔޫގެ އާކިޓެކްޗަރ ދަރިވަރުންގެ މައުރަޒުގައި ތޮއްޖެހިފައިވާ މާލެ ސަރަޙައްދަށް ރީޖެނަރޭޓިވް މާސްޓަރ ޕްލޭނެއް

މިއަދުގެ ނިޔަލަށް ފެކަލްޓީ އޮފް ހެލްތް ސައިންސް ހޯލުގައި ކުރިއަށް ގެންދާ މި މައުރަޒުގައި، ދެވަނަ ސެމިސްޓާ އާއި 4 ވަނަ ސެމިސްޓާ އަދި 6 ވަނަ ސެމިސްޓާގެ އާކިޓެކްޗަރ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ފަންނީ ތަޖުރިބާއާއި، ރާއްޖޭގެ މާހައުލަށް ކުރާ އަސަރު ދައްކުވައިދޭ ތަފާތު ޑިޒައިން ޕްރޮޖެކްޓްތައް ވަނީ ދައްކާލާފައެވެ.

މި މައުރަޒުގެ އެންމެ ބޮޑު އެއް ފާހަގަކޮށްލެވޭ އެއް ކަމަކީ ސެމިސްޓާ 6 ގެ އާކިޓެކްޗާ ސްޓޫޑިއޯ ޕްރޮޖެކްޓެވެ. ކޮމާޝަލް ބިމުގެ އަގު ބޮޑުވުމާއި އާއްމު ހުޅުވާލެވިފައިވާ ތަންތަން މަދުވުން ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައި ދަރިވަރުން ވަނީ ރީޖެނަރޭޓިވް މާސްޓާ ޕްލޭނިން އާއި އިނޮވޭޓިވް ހައުސިން އެޕްރޯޗްގެ އެހީގައި ދިރިއުޅެން ފަސޭހަ އާބަން މާހައުލެއް ގާއިމް ކުރުމަށް ކޮންސެޕްޓަލް ރޯޑްމެޕެއް އެކުލަވާލެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ޕްރޮޖެކްޓެއް އެކުލަވާލާފައެވެ.

މާލޭގެ އާބަން މައްސަލަތަކުގެ ތެރޭގައި ތޮއްޖެހުމާއި، ވެހިކަލްތައް އިތުރުވުމާއި، ހުސް ޖާގައިގެ ދަތިކަމާއި، ވަޞީލަތްތައް މަދުވުމާއި، ބޯހިޔާވަހިކަމުގެ އަގުތަކާއި ވަޞީލަތްތަކުގެ ފެންވަރާ ދެމެދު ހުރި ފަރަގުތައް ދިރާސާކުރުމަށްފަހު، ދަރިވަރުން ވަނީ 12 ހެކްޓަރުގެ ސަރަހައްދެއްގައި ރީޖެނަރޭޓިވް މާސްޓަރ ޕްލޭން އެކުލަވާލާފައެވެ.

އެ މީހުންގެ ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ހެކްޓަރުގެ ބިމެއް މިކްސްޑް ހައުސިންގް ޑިވެލޮޕްމަންޓާއި ކޮމިއުނިޓީ ފެސިލިޓީސްތަކަށް ހާއްސަ ކޮށްފައިވާއިރު، ބާކީ 8 ހެކްޓަރުގެ އަމާޒަކީ މިހާރު ހުރި މީހުން ދިރިއުޅޭ ތަންތަން އަލުން ތަރައްޤީ ކުރުމެވެ. އަދި ކޮންމެ ދަރިވަރަކު ވެސް 100 އެޕާޓްމަންޓް ޔުނިޓް ހިމެނޭ މިކްސްޑް ރެސިޑެންޝަލް ބްލޮކެއް ޑިޒައިން ކޮށްފައިވެއެވެ. މި ބްލޮކްތަކުގައި މާލޭގެ ރައްޔިތުންނަށް ބަދަލުކުރާ ޔުނިޓްތަކާއި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކޮމާޝަލް ސްޕޭސްތައް ވެސް ހިމެނެއެވެ. މި ޑިޒައިންތަކުގައި "ކޮމިއުނިޓީ ލިވިން"އަށް އިސްކަން ދީފައި ވަނީ ތަނަވަސް ޖާގަތަކާއި، ފެހި ސަރަހައްދުތަކާއި، ނެއިބަހުޑްތަކުގައި ނެތް ޒަރޫރީ ވަސީލަތްތަކަށެވެ.


އާކިޓެކްޗަރ ދަރިވަރުންގެ ކޮށްފައިވާ މަސައްކަތް ދައްކައިދޭ މި މައުރަޒުން ފެސްޓްގެ އާކިޓެކްޗަރ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ރިސާޗް ބޭސްޑް އެޕްރޯޗް އަދި ޓެކްނިކަލް ހުނަރުތައް ދައްކުވައިދެއެވެ. މި މައުރަޒުގައި ރާއްޖޭގެ އާކިޓެކްޗަރަލް ތަރައްޤީއާއި އާކިޓެކްޗަރަލް ތަރައްޤީގެ

ކުރިމަގު ދެނެގަތުމަށް އާންމުންނަށް ފުރުޞަތު ފަހިކޮށްދެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 48 ޕަސެންޓަށް އިތުރުކުރެވިއްޖެ: މިނިސްޓަރު

އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 48 ޕަސެންޓަށް އިތުރުކުރެވިއްޖެ: މިނިސްޓަރު

13 ޖުލައި 202601
ގްރޭޑް 6 ގެ ދަރިވަރުގެ ކުއްލި މަރާ ގުޅިގެން ބެންގަލޫރުގެ އައްޕަނަހައްލީގައި މުޒާހަރާކުރަނީ

ގްރޭޑް 6 ގެ ދަރިވަރުގެ ކުއްލި މަރާ ގުޅިގެން ބެންގަލޫރުގެ އައްޕަނަހައްލީގައި މުޒާހަރާކުރަނީ

9 ޖުލައި 202600
ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟

ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟

3 ޖުލައި 202600
ހިންމަފުށީ ސްކޫލަށް ގައިދީން ޑެސްކު ޖަހައިދީފި

ހިންމަފުށީ ސްކޫލަށް ގައިދީން ޑެސްކު ޖަހައިދީފި

8 ފެބްރުއަރީ 202601
ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

5 ފެބްރުއަރީ 202600
ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

27 ޖަނަވަރީ 202600

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ