6 ޑިސެމްބަރު 2025 0 0

އަދާލަތު ޕާޓީ ލިސްޓުން އުނިވެ، އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް

އއެޑްމިން13:39 1 މިނިޓު
A
އަދާލަތު ޕާޓީ ލިސްޓުން އުނިވެ، އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް

އަންނަ އަހަރަށް ފާސްކުރި ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.


ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.

މިއަދު އީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 25ގައި އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ އެ ކޮމިޝަންގައި ރަޖިސްޓާކޮށްފައިވާ ހަތަރު ޕާޓީއެއްގެއެވެ.

އެ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ އިތުރުން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއެވެ.

އީސީގެ ދަފުތަރުގައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެއީ 68،665 މެންބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައި ކަމަށްވާއިރު އެއީ 43،765 މެންބަރުންނެވެ.

މިއަހަރު އީސީން ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ފަސް ޕާޓީއަކަށެވެ. އެއީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް، މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

އީސީން ބުނެފައިވަނީ، މި އަހަރު ފަސް ޕާޓީއަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 27.9 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެގޮތުން ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:

  • ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ
  • އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ
  • އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ނިޔަލަށް އެ ފަސް ޕާޓީގައި 144،808 މެންބަރުން ތިބިއިރު، އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 68،968 މީހުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 64.2 ބިލިއަން ރުފިޔާ ފާސްކޮށްފައެވެ.

އެ ބަޖެޓް ފާސްކުރިއިރު، ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ އަންނަ އަހަރުގެ އޭޕްރިލް މަހު އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންނެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވެސް އުފެދިފައިވާއިރު، ވެރިކަމުގައި އޮންނަ ޕާޓީތަކުން ގަވައިދާ ޚިލާފަށް މެންބަރުން އިތުރު ކުރުމުގެ މައްސަލަ ވެސް ދޭތެރެެއަކުން ބޮޑުވެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

22 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ