23 އޮކްޓޯބަރު 2025 0 0

ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 28 ގައި

އއެޑްމިން12:49 1 މިނިޓު
A
ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 28 ގައި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް އަންނަ މާރޗް މަހުގެ 28 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ އިންތިޚާބު މާރޗް 28 އަށް ތާވަލްކުރެވިފައިވާއިރު، ކެނޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މިފަހަރުގެ އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިޚާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވިގޮތުގައި މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލް ކުރުމެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާ 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކުރެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ