27 ޖޫން 2026 1 0

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

މމުހައްމަދު01:15 1 މިނިޓު
A
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ކައިވެނީގެ ބޮޑު ހަފުލާއަކަށް ދެފަރާތުގެ އާއިލާ ދިޔައީ ތައްޔާރުވަމުންނެވެ. އުމުރުން 20 އަހަރުގެ ސިޔާއާ ކައިވެނިކުރުމަށް އޭނާގެ މައިންބަފައިން ވަނީ ކެޓަން ހަމަޖައްސާފައެވެ. ކެޓަންގެ މައިންބަފައިންވެސް ގަބޫލެވެ. ކެޓަންއަކީ މަތީ ފާސްނަގައިގެން ހުރި ޒުވާނެކެވެ. ނަމަވެސް، ކެޓަންއަށް މި ވަދެވުނީ ތިނެސްކަން ލޯބީގެ ކުޅިގަނޑެއްގެ ތެރެއަށެވެ. އެހެނީ ސިޔާ އުޅުނީ އުމުރުން 22 އަހަރުގެ ޗެތަންއާ ރައްޓެހިވެގެންނެވެ. އެނާއާ ސިޔާއާ ދެމީހުން ދިމާވީ ސުކޫލުންނެވެ. ސިޔާގެ އާއިލާއަކީ ހިކި މޭވާގެ ވިޔަފާރިކުރާ ބައެކެވެ. ކެޓަންއަކީ މަހުޖަނެއްގެ ދަރިއެކެވެ. ނަމަވެސް، ސިޔާ ލޯބިވަނީ ޗެތަންދެކެއެވެ. ކެޓަންއާ ކައިވެނި ކުރުމަށް ސިޔާ ގަބޫލެއް ނޫނެވެ.

ނަމަވެސް، ފެބްރުއަރީ 12 ގައި ދެ އާއިލާގެ ބައްދަލުވުމެއް ބާއްވައިގެން މަޝްވަރާ ކޮށް، ފެބްރުއަރީ 19 ވަނަ ދުވަހު ކެޓަން އާއި ސިޔާ ވަނީ ޕޫނޭގެ ހޮޓަލެއްގައި އެންގޭޖްވެފަ އެވެ. އަދި ރާޖަސްތާނުގައި ކައިވެނީގެ ޕާޓީ ބޭއްވުމަށް ހުރިހާ އިންތިޒާމެއްވަނީ ހަމަޖައްސައިފައެވެ. އަދި ޕާޓީއަށް މީހުން ގެންދިއުމަށް ފްލައިޓްތައްވެސް ވަނީ ޗާޓަރުކުރެވިފައެވެ.



"އަހަރެމެންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ސިޔާ އާއި ޗެޓަން ގުޅުން ހިންގަމުން ދިޔަކަން. ސިޔާ ކެޓަންއާ އެންގޭޖްވި ނަމަވެސް އޭނާއާ ކައިވެނި ކުރަން ބޭނުން ނުވި. އެހެންވެ، އޭނާ އާއި ޗެތަން ރޭވުމެއް ރާވައިގެން ކެޓަން އުސްތަނަކުން ކޮއްޕާ ވައްޓާ މަރައިލީ. އެ ދެމީހުން ވެސް މިހާރުވަނީ ހައްޔަރުކޮށްފައި” ޕޫނޭ ރޫރަލްގެ ޕޮލިސް ޗީފް ސަންދީޕް ސިންގް ގިލް އަންގާރަ ދުވަހު މީޑިއާއަށް ވިދާޅުވި އެވެ. އެ ދެމީހުންގެ މައްޗަށް ވަނީ މަރުގެ ދައުވާ އާއި ޖިނާއީ ރޭވުމުގެ ދައުވާ އުފުލާފައެވެ.

މިކަމެއް ހިންގުމުގެ ގަޑިތަކެއް ކުރިން މި ދެ މުޖުރިމުން ވަނީ ސައިހޮޓަލަކަށް ގޮސް މިކަން ކުރާނެ ގޮތަކާމެދު މަޝްވަރާކޮށް ރޭވުންތައް ރާވާފައެވެ.

މި މުޖުރިމުން ހައްޔަރުކޮށް ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

ސިޔާ ބުނީ ކެޓަންއާ އޭނަ އިންނަން އޭނަ ނުރުހެނީ އޭނަގެ ބޯ ތަލަވީމަ ކަމަށެވެ. ކެޓަން ހުންނަނީ ބޮލުގައި ވިގެއް އަޅައިގެންނެވެ. އެއީ ސިޔާ ގަޔާވާ ކަމެއް ނޫނެވެ.


ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ވެހިކަލް ޓޯކުރަން ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި

ވެހިކަލް ޓޯކުރަން ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި

5 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ