20 ޑިސެމްބަރު 2025 0 0

ފަހި ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަނީ

ޝޝީން13:06 2 މިނިޓު
A
ފަހި ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓާއި ކުލި މިއަދުން ފެށިގެން ކުޑަކޮށްފައި ވާތީ، މިހާތަނަށް ޑިޕޮސިޓް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކޮށްދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.


ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓުތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.


އެންމެ ފަހުން ހުޅުމާލެ 2 ގައި އުޅޭ މީހުންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި ވެސް އެ ޝަކުވާ ކުރުމާ އެކު، ސަރުކާރުން ވަނީ މިއަދުން ފެށިގެން ފަހި ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. ހަމަ އެ ގޮތަށް ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.


ސަރުކާރުން މިއަދު ގެނައި ބަދަލާ އެކު، ފަހި ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ މަހު ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ކުޑަކޮށްފަ އެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި ނަގާނީ ކުރިއެކޭ އެއްގޮތަށް 1،000ރ. ކަމަށް ވާތީ ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މިއަދުން ފެށިގެން 7،000ރ. ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކުރިން ނަމަ މަހު ކުއްޔަކީ ޑިޕޮސިޓާ އެކު 8،000ރ. އެވެ.

ތިން ކޮޓަރީގެ މަހު ކުލި ވެސް ވަނީ މިއަދުން ފެށިގެން 9،000ރ. އިން 8،500ރ. އަށް ކުޑަކޮށްފަ އެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި ނަގާނީ ކުރިއެކޭ އެއްގޮތަށް 1،000ރ. ކަމަށް ވާތީ ތިން ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މިއަދުން ފެށިގެން 10،000ރ. ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކުރިން ނަމަ މަހު ކުއްޔަކީ ޑިޕޮސިޓާ އެކު 10،500ރ. އެވެ


ހުޅުމާލޭ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ގެނައި ބަދަލާ އެކު އާ އެއްބަސްވުންތައް ހަދާނެ އެވެ.

މި ސަރުކާރުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.


ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހޭނެ ކަމަށެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

22 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ