25 އޮކްޓޯބަރު 2025 0 0

ކްރޫޒްލައިނާ ސީޒަން ފެށިއްޖެ، ފުރަތަމަ ބޯޓު ޑިސެންބަރު މަހު

އއެޑްމިން18:50 1 މިނިޓު
A
ކްރޫޒްލައިނާ ސީޒަން ފެށިއްޖެ، ފުރަތަމަ ބޯޓު ޑިސެންބަރު މަހު

އަންނަ ޑިސެންބަރުން ފެށިގެން މި ސީޒަންގެ ކްރޫޒްލައިނާތައް ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު 'ސަން'އަށް މިއަދު ވިދާޅުވީ، އެންމެ ފަހުން މި އަހަރު ކްރޫޒްލައިނާއެއް އައީ މިދިޔަ އޭޕްރީލް މަހު ކަމަށެވެ.

އެއަށްފަހު އޮފް ސީޒަން އައިސް، މިމަހު އަލުން ސީޒަން ފެށުނު ކަމަށް ވިޔަސް، ކްރޫޒްލައިނާތައް އަންނަން ފަށަނީ ޑިސެންބަރު ތިނަކުން ފެށިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާޔާއިން އަންދާޒާ ކުރާ ގޮތުގައި، 'އަޒަމަރާ ޕާސުއިޓް' ކިޔާ އެ ކްރޫޒްލައިނާއިން ކްރޫއިންނާއެކު، 1،140 ފަތުރުވެރިން އަންނާނެއެވެ.

އޭގެފަހުން، ދެވަނަ ކްރޫޒްލައިނާ އަންނަނީ ޑިސެމްބަރު 17ގައެވެ. 'އޯޝަން ސައިރީނާ' ކިޔާ ކްރޫޒްލައިނާއިން ގާތްގަނޑަކަށް 1،175 ފަތުރުވެރިން އަންނާނެ ކަމަށް މާޔާއިން ލަފާކުރެއެވެ.

އޭގެ އިތުރަށް ވެސް ކްރޫޒްލައިނާތައް އަންނަން ހަމަޖެހިފައިވާ ކަމަށް މާޔާއިން ބުނެއެވެ.

ޑިސެންބަރުގައި ކްރޫޒްލައިނާތައް އަންނަން ފަށާއިރު، މިހާރު އެ ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، އެކަން ކުރުމަށް ހުއްދަ ދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ތަންތަނުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ފަތުރުވެރިން އަޔަސް، މާލެއަށް ބާލާނެ ތަނެއް ނެތް ކަން ކަންބޮޑުވުމާއެކު، ނަޝީދު ފާހަގަކުރެއްވިއެވެ.

އެއް ނަމްބަރު ޖެޓީ ސަރަހައްދު ބަންދު ކޮށްފައިވާތީ، އަތޮޅުތެރެއިން އަންނަ ލޯންޗުތައް ބަނދަރު ކުރަނީ މަސްވެރިންގެ ޕާކާ ދިމާލަށެވެ.

އެހެންވެ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުރެ، ޓްރެފިކް ވެސް ބާރުބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެ ފައިބާއިރު ހިޔާވެވޭނެ ފަދަ ތަނެއް ވެސް ނެތި، އިންތިޒާމުތައް ހަމަޖައްސާފައި ނުހުންނާތީ މީގެ ކުރިން ވެސް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ