25 އޮކްޓޯބަރު 2025 0 0

ފީފާ އެރީނާއާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ރާއްޖޭގައި ހިންގަނީ

އއެޑްމިން18:56 1 މިނިޓު
A
ފީފާ އެރީނާއާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ރާއްޖޭގައި ހިންގަނީ

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިން މުހިންމު ޕްރޮޖެކްޓުތަކެއް ހިންގާނެ ކަމަށާއި، އޭގެ ތެރޭގައި ފީފާ އެރީނާ ޕްރޮޖެކްޓާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ހިމެނޭކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މީގެކުރިންވެސް ފީފާގެ އެހީގައި ވަނީ މިނީ ދަނޑުތަކެއް އަޅާފައެވެ. އެއީ މިހާރު އެފްއޭއެމްގެ އައު އިމާރާތް އަޅާ ބިމުގައެވެ. ނަމަވެސް މިހާރު އެތަން ބޭނުންކުރަނީ ޓޯ ޔާޑެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ އެތަކެއް ފަހަރަކު މި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަމަލީ މަސައްކަތް ކުރިއަށްގެންދެވުނީ މާލޭގައި އެޅި ދެ ދަނޑަށް އެކަންޏެވެ. އޭގެފަހުން އެ ޕްރޮޖެކްޓުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފީފާއިން ދޭ ފައިސާއަށް "ވާނުވާ" ނޭނގޭތީ އޭރު މަޑުޖައްސާލި ޕްރޮޖެކްޓުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުތައް ހިމެނެއެވެ.

އިންފަންޓީނޯ ވަނީ ފުޓްބޯޅަ އސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ލީޑަޝިޕުގެ ދަށުން ދިވެހި ފުޓުބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފައެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވާ ފުޓުބޯޅަ މުބާރާތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާމެދު އެފްއޭއެމްގެ ރައީސް ޠާރިގާ މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ކުޅުނު ފުޓްބޯޅަ މެޗަކީވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއްކަމަށާއި، މިއީ އުފާވެރި ދަތުރެއްކަމަށް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.

ރައީސާއި އިންފަންޓީނޯ ބައިވެރިވެވަޑައިގެން ގަލޮޅު ދަނޑުގައި ކުޅުއްވި މެޗު، 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރެއްވީ އިންފަންޓީނޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފީފާގެ ޓީމެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

30 ޖޫން 202601
އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިން ޓީމުން އިތުރު ތިން ޤައުމީ ރިކޯޑް އައުކޮށްފި

އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިން ޓީމުން އިތުރު ތިން ޤައުމީ ރިކޯޑް އައުކޮށްފި

29 އޮކްޓޯބަރު 202500
މެސީގެ ދެ ލަނޑާއެކު އިންޓަ މަޔާމީއަށް މޮޅެއް

މެސީގެ ދެ ލަނޑާއެކު އިންޓަ މަޔާމީއަށް މޮޅެއް

25 އޮކްޓޯބަރު 202500
އިންފަންޓީނޯ އަށް ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން

އިންފަންޓީނޯ އަށް ރައީސް ދެއްވީ ފުޓްބޯޅަ ކުރިއަރުވާނެކަމުގެ ޔަގީންކަން

25 އޮކްޓޯބަރު 202500
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

28 ޖުލައި 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ