25 އޮކްޓޯބަރު 2025 0 0

މާކެޓިންގެ ޚަރަދު ކުޑަކުރަން، އޯރިއޯ އުފައްދާ ކުންފުނިން 40 މިލިއަން ޑޮލަރުގެ އޭއައި ޓޫލްއެއް ހަދައިފި

އއެޑްމިން18:59 1 މިނިޓު
A
މާކެޓިންގެ ޚަރަދު ކުޑަކުރަން، އޯރިއޯ އުފައްދާ ކުންފުނިން 40 މިލިއަން ޑޮލަރުގެ އޭއައި ޓޫލްއެއް ހަދައިފި

އޯރިއޯ، ކެޑްބަރީ އަދި މިލްކާ ފަދަ މަޝްހޫރު ކާނާގެ ބްރޭންޑްތައް އުފައްދާ ކުންފުނި ކަމަށްވާ މޮންޑެލޭޒް އިންޓަނޭޝަނަލްއިން، މާކެޓިން ކޮންޓެންޓް އުފެއްދުމަށް ހިނގާ ޚަރަދު 30 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް ކުޑަކުރުމަށްޓަކައި، އާ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވަމުން މޮންޑެލޭޒްގެ ގްލޯބަލް ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ކޮންސިއުމާ އެކްސްޕީރިއެންސް، ޖޯން ހާލްވާސަން ވިދާޅުވީ، މި ޓޫލް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޕަބްލިސިސް ގްރޫޕާއި އެކްސެންޗަރު އާ ގުޅިގެން ފަށާފައިވާ ކަމަށެވެ. އަދި މި ޓޫލަށް 40 މިލިއަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޓޫލްގެ އެހީގައި ކުރު ޓީވީ އެޑްތައް އުފެއްދޭނެ ކަމަށް މޮންޑެލޭޒްއިން އުއްމީދުކުރެއެވެ. އަދި އަންނަ އަހަރުގެ ބަންދު ދުވަސްވަރާއި، އެއަށްފަހު 2027 ވަނަ އަހަރުގެ ސުޕާ ބޯލްއަށް ވެސް މި ޓޫލް ބޭނުންކުރެވޭނެ ކަމަށް ހާލްވާސަން ވިދާޅުވިއެވެ.

އެމެރިކާގައި ޗިޕްސް އަހޯއި ކުކީސް އާއި ޖަރުމަނުގައި މިލްކާ ޗޮކްލެޓްގެ ސޯޝަލް މީޑިއާ ކެމްޕޭންތަކަށް މިހާރު ވެސް މި ޓޫލް އަންނަނީ ބޭނުންކުރަމުންނެވެ.

މީގެ އިތުރުން، ބްރެޒިލްގެ ލެކްޓާ ޗޮކްލެޓްއާއި އޯރިއޯ އާއި އިނގިރޭސިވިލާތުގެ ކެޑްބަރީއަށް ވެސް މި ޓޫލް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް މޮންޑެލޭޒް ކުންފުންނިން ބުނެއެވެ.

މޮންޑެލޭޒް އިން ބުނެފައިވާ ގޮތުގައި، މި ޓޫލް މެދުވެރިކޮށް އުފައްދާ ކޮންޓެންޓްތައް އިންސާނުންގެ ފަރާތުން ބަލައި ޗެކްކުރާނެއެވެ. އެގޮތުން، ހަށިގަނޑަށް ގެއްލުންހުރި ކާނާގެ އާދަތަކަށް ހިތްވަރުދިނުމާއި މީހުންގެ އިހުސާސްތަކާ ކުޅުމާއި ނުބައި ސްޓީރިއޯޓައިޕްތައް ބޭނުންކުރުން ފަދަ ކަންކަން މަނާކުރާ ގަވާއިދުތަކެއް ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މާކެޓިންގެ ޚަރަދު ކުޑަކުރުމަށް އޭއައި ބޭނުންކުރަމުން އަންނަ އެހެން ކުންފުނިތަކުގެ ތެރޭގައި ކްރާފްޓް ހެއިންޒް އަދި ކޮކާ ކޯލާ ވެސް ހިމެނެއެވެ. ނަމަވެސް ކޮކާ ކޯލާގެ ބައެއް އޭއައި އުފެއްދުންތަކުގައި، އިންސާނުންގެ އިހުސާސްތައް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

މިކަމަށް ރިއާޔަތްކޮށް، މޮންޑެލޭޒް އިން މިހާރު އުފައްދާ ކޮންޓެންޓްތަކުގައި އިންސާނުންގެ ސިފަތައް ހިމަނާފައެއް ނުވެއެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ