27 އޮކްޓޯބަރު 2025 0 0

އެއާޕޯޓަށް ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ނުލާ

އއެޑްމިން11:30 1 މިނިޓު
A
އެއާޕޯޓަށް ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ނުލާ

މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިހު އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރު ފޭރިގަތް ހާދިސާ ހިނގިއިރު، އެ ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ވެސް ނުލާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެއީ ފުރާ މީހުންނަށް ދޫކުރާށާއި ފައިސާ މާރުކުރަން ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރަށް ގެންދިޔަ ފައިސާއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، އެ ފައިސާތައް އެއާޕޯޓަށް ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައިނުވާ ކަމަށެވެ. އެކަމަކު، އިތުރު އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

އިިތުރުބާރު ހުރި މަސްދަރަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މީހުން އައީ ފައިސާ ހިފައިގެން މުވައްޒަފުން ދިޔަ ވަގުތު ބަލައިގެންނެވެ. އެ މީހުން ފައިސާތައް ހުރި ސޫޓް ކޭސް ޖަހައިގަތުމަށް ފަހު ދުވެފައި ގޮސް އެއާޕޯޓުގައި އޮތް ލޯންޗަކަށް އަރައިގެން ފިލީއެވެ. އެ މީހުން އެއާޕޯޓަށް ދިޔައީ ޓެކްސީއެއްގައިކަން ވަނީ އެނގިފައެވެ.

އެ ހާދިސާއާ ގުޅިގެން ބޭންކާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ފުލުހުން ބުނީ ހާދިސާގެ ތަހުގީގު ކުރިއަށްދާ ވަރަކުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން މި ފަހުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ.

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

އާ ސެކިއުރިޓީ ޑިޕާޓްމަންޓް އުފައްދަން ދިޔަ ޚަރަދު އެ ކުންފުނިން ވަނީ ސިއްރުކޮށްފައެވެ.


ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ