28 ޖުލައި 2025 0 0

އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ޓީޗަރުންގެ ކަންބޮޑުވުން އެޑިއުކޭޝަން މިިނިސްޓްރީއަށް

އއެޑްމިން06:19 1 މިނިޓު
A
އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ޓީޗަރުންގެ ކަންބޮޑުވުން އެޑިއުކޭޝަން މިިނިސްޓްރީއަށް

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލުތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.

އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މީހުން މަސައްކަތްކުރާ ސްކޫލްތަކަށް ސިޓީ ފޮނުވައިފަ އެވެ. އަދި އެ ސްކޫލުތަކުން ވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ ރެމިޓަންސް ރޭޓް ދަށްކުރުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ތެރެއިން ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

އެހެންވެ، ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން ދާދިފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފްކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އެ ކަންބޮޑުވުމަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި ޑޮލަރުން މުސާރަ ދޭން އެދުމާއި އެސްބީއައި އަދި އިންޑިއާ ސަރުކާރުން އެކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައިކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި 2،000 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ މީހުންނެވެ.



ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ