28 އޮކްޓޯބަރު 2025 0 0

ޑޮލަރު ފޭރުމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި

އއެޑްމިން13:36 2 މިނިޓު
A
ޑޮލަރު ފޭރުމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި

ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެ ރޭ ފަތިހު 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދިނުމާ އެކު އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ، އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މި ހަތަރު މީހުންނަކީ މާޒިން މޫސާ، 25، ރޭޝަމް / ލ.މާވަށް، އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް / މާލެ، އިބްރާހީމް އަނޫފް، 24، އަޅިވިލާގެ / ކ.ގުރައިދޫ، އަދި ހުސައިން ޝަހުދު، 30، އަޅިވިލާގެ / ކ.ގުރައިދޫ އެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް އިއްޔެ ރޭ ފަތިހު ބިރު ދެއްކީ ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ދެ މުވައްޒަފުން ސޫޓްކޭހުގައި އެ ޑޮލަރުތައް ހިފައިގެން ދިޔައީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދާށެވެ. އެއީ އިއްޔެ ހެނދުނު ރާއްޖެ އިން ބޭރަށް ފުރި ބައެއް ދިވެހިންނަށް ދޫކުރަން ހުރި ޑޮލަރެވެ.

ހުރާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗުގައި އެ ހަތަރު މީހުން ދިޔައީ އެ ރަށަށް ކަމަށެވެ. ލޯންޗު ހުރައަށް ގާތްކުރި ކަމަށް ވަނީ އިއްޔެގެ ހެނދުނު 8:45 ހާއިރު އެވެ. އެހެންވެ، އެއާޕޯޓުން އިއްޔެ ރޭ ފަތިހު ފުރައިގެން އޭގެ ކުރިން އެ މީހުން ދިޔަ ތަނެއް އަދި ސާފެއް ނޫނެވެ.

ހުރައިން ވާހަކަ ދެއްކި މީހަކު ބުނީ، ސޫޓްކޭސް ހިފައިގެން އުޅުނު ތަން ރަށުތެރެއިން ބަޔަކަށް ފެނުނުކަން ނޭނގުނަސް އެ މީހުން ތިބި ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާ އަށް، އެ މީހުން ޑޮލަރު ގެންގުޅޭތަން އުޅޭ ފެންނަ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.

ޑޮލަރު ފޭރިގަތް މީހުން މިހާރު ތިބީ ހުރާގައި ހައްޔަރުކޮށްފަ އެވެ.

މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނުނެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު ފެނުނު ކަމެއް އަދި ނޭނގެ އެވެ.

ގުރައިދޫގެ ދެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ އެ މީހުން ދޭތެރެދޭތެރެއިން ހުރައަށް ދާ ކަމަށް ހުރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޑޮލަރު ފޭރިގަތް ވަގުން ވީއައިއޭގެ ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ