29 އޮކްޓޯބަރު 2025 0 0

ތުލުސްދޫއަށް އެހެން ރަށްރަށުން މީހުން ބަދަލުކުރާނީ އެރަށު މީހުންނަށް ބޯހިޔާވަހިކަން ދިނުމަށްފަހު: ރައީސް

އއެޑްމިން11:33 1 މިނިޓު
A
ތުލުސްދޫއަށް އެހެން ރަށްރަށުން މީހުން ބަދަލުކުރާނީ އެރަށު މީހުންނަށް ބޯހިޔާވަހިކަން ދިނުމަށްފަހު: ރައީސް

އެކި ރަށްރަށުގެ މީހުން އާބާދުކޮށްފައިވާ ކ. ތުލުސްދޫއަށް އިތުރަށް މީހުން އެއްފަސް ކުރާނީ އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްތަކަށް ރައީސް ފެށްޓެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުގައި މިއަދު ތުލުސްދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށުގައި ދެން އެންމެ އަވަހަށް ކުރިއަށް ގެންދަން އޮތް މަޝްރޫއުއަކީ މަގު ހެދުމުގެ މަޝްރޫއު ކަމަށާއި އެކަން ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

އެ މަގުތައް ހެދުމަކީ އެ ރަށުގެ ރައްޔިތުންނާއި ރަށަށް ހިޖުރަކުރާ މީހުންނަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިއްކާފައި އޮތް ބިމުން ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ވެސް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅިގެން ކަންތައްތަކެއް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އާބާދީ އެއްފަސްކުރުމުގައި ތުލުސްދޫއަކީ ކާމިޔާބު ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްފަހު، ޖާގަ އޮތް މިންވަރަކުން ތުލުސްދޫއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތައް އެރަށަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށެވެ.

"މި ރަށަކީ އާބާދީ އާއި އެއްފަސްކުރުމުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ތަރުހީބުދޭ ވެލްކަމްކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ،" އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ތުލުސްދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.

"އޭގެ އިތުރަށް ދެން ޖާގަ އޮތް މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ އިތުރަށް ވެސް އާބާދީ އާއި ތަަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުތައް މި ރަށުގައި ހިންގަން. އެކަން ކުރިއަށް ގެންދާނީ މި ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތަށް."

ގެސްޓްހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތުލުސްދޫއަކީ މިހާރު ވެސް އެހެން ބައެއް ރަށްރަށުގެ މީހުން އާބާދުވެ އުޅެމުން އަންނަ ރަށެކެވެ.

ރައީސް ވަނީ ތުލުސްދޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމާއި އެރަށުގެ ހުޅަނގު ފަރާތުގައި އިތުރު ބަނދަރެއް އެޅުމާއި ބީއެމްއެލްގެ ބްރާންޗަކާއި ޑޮލަރު އޭޓީއެމްއެއް ވެސް އެރަށުގައި ގާއިމުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ