29 އޮކްޓޯބަރު 2025 0 0

ރަށްރަށުގެ އޭޓީއެމްތަކުން ބީއެމްއެލްއަށް 203 މިލިއަން ރުފިޔާ ޖަމާކޮށްފި

އއެޑްމިން12:14 1 މިނިޓު
A
ރަށްރަށުގެ އޭޓީއެމްތަކުން ބީއެމްއެލްއަށް 203 މިލިއަން ރުފިޔާ ޖަމާކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމް ކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތައް މެދުވެރިކޮށް، 203 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މި މައުލޫމާތު ހިއްސާކުރެއްވީ، ވޭތުވެދިޔަ ސަރުކާރުން ރަށްރަށުގައި އޭޓީއެމް ނުބެހެއްޓިކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އޭޓީއެމްގެ ހިދުމަތް ފުޅާކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ކުރީން، އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށުގައި ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން 2024 ވަނަ އަހަރު އިތުރު ނުވަ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި، މިހާރު ޖުމުލަ 130 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ހިދުމަތް ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މިހާރު ރާއްޖޭގައި ޖުމުލަ 180 އޭޓީއެމްގެ ހިދުމަތް ލިބެމުން އަންނައިރު، އޭޓީއެމްގެ ހިދުމަތް ނުލިބި ވަނީ އެންމެ ދެ ތަނެއްގައި ކަަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އޭޓީއެމްތަކުން 230,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. މި މުއާމަލާތްތަކުން ޖުމްލަ 203 މިލިއަން ރުފިޔާ ބީއެމްއެލްއަށް ޖަމާކޮށްފައިވާއިރު، މި އަދަދުތަކަކީ ބޭންކިން ނިޒާމުގެ ތެރެއަށް މުޅިން އަލަށް ވަތް ފައިސާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމު ހަރުދަނާވެ، އިތުބާރު ބޮޑުވަމުންދާކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައިވެސް ސައީދު ސިފަކުރެއްވިއެވެ.

މިނިސްޓަރު ވަނީ އޭޓީއެމްގެ މުއާމަލާތްތަކުގައި މާލެއާއި އަތޮޅުތަކުގެ ރަށްރަށުން ބޭންކަށް ފައިސާ ޖަމާކުރި އަދަދުތަކާބެހޭ މައުލޫމާތުތައްވެސް މަޖިލީހާ ހިއްސާ ކުރައްވައިފައެވެ. އެގޮތުން ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން އޭޓީއެމް މާލެއިން ދުވާލަކު 14,000 މުއާމަލާތް ކުރާއިރު، 79 މިލިއަން ރުފިޔާ އޭޓީއެމް މެދުވެރިކޮށް ދުވާލަކު ދައުރުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން އޭޓީއެމް މާލެއިން ދުވާލަކު 14000 މުއާމަލާތް ކުރާއިރު 79 މިލިއަން ރުފިޔާ އޭޓީއެމް މެދުވެރިކޮށް ދުވާލަކު ދައުރު ވޭ، ހަމަ އެއާއެކު ދުވާލަކު 9300 މުއާމަލާތް އަތޮޅުތެރޭގައި ކުރާއިރު 25.7 މިލިޔަން ރުފިޔާ އަތޮޅުތެރޭގައި އޭޓީއެމް މެދުވެރިކޮށް ދައުރުވޭ،" ސައީދު ވިދާޅުވިއެވެ.

  • ދުވާލަކު 9,300 މުއާމަލާތް އަތޮޅުތެރޭގައި ކުރާއިރު، 25.7 މިލިއަން ރުފިޔާ އަތޮޅުތެރޭގައި އޭޓީއެމް މެދުވެރިކޮށް ދައުރުވާ ކަމަށްވެސް މިނިސަޓަރު ފާހަގަ ކުރެއްވިއެވެ.
ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ