29 އޮކްޓޯބަރު 2025 0 0

ބީއެމްއެލްއިން ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށްފަހު، އިގުތިސާދު ކުރިއެރުވުމަށް އިތުރު ކެމްޕޭނެއް ފަށައިފި

އއެޑްމިން15:11 1 މިނިޓު
A
ބީއެމްއެލްއިން ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށްފަހު، އިގުތިސާދު ކުރިއެރުވުމަށް އިތުރު ކެމްޕޭނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ނިންމާލުމަށްފަހު "ދިވެހީންގެ ބޭންކް- މުޅި ރާއްޖެ"ގެ ނަމުގައި އައު ކެމްޕޭނެއް މިއަދު އިފުތިތާހުކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާއެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ޚާއްސަ މަސައްކަތް ފާހަގަކުރައްވައި، އެ ޓީމަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވައިފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުވަރީ މަހުގައެވެ. އަދި އެންމެ ނުވަ މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.

އެ މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއިން ރާއްޖޭގެ ރައްޔިތުންގެ މާލީ ބައިވެރިވުމަށް ގެނެސްދިން ހެޔޮ ބަދަލުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ އިދާރާއެއްކަމަށްވާ ކޯރަސްއިން ވަނީ ބީއެމްއެލްއަށް 'އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް ދީފައެވެ.

ބީއެމްއެލްއިން މިއަދު އިފުތިތާހުކުރި "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނަކީ، ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ކެމްޕެއިނެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ދެއްކެވި ވާހަކަފުޅުގައިވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭންކް އުފެއްދީ ހަމައެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި، ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިން ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ." ޝަރީފް ވިދާޅުވިއެވެ.

މި ހަފުލާގައި ބޭންކުން ވަނީ މުޅިން އައު ކާޑެއް ކަމަށްވާ ވިސާ ޑެބިޓް ޕްލެޓިނަމްއާއި ރާއްޖެއާއި ރާއްޖޭން ބޭރުގައި ފައިސާ މުއާމަލާތް ކުރެވޭ އީ ވޮލެޓު "ސްވައިޕް" ވެސް ތައާރަފުކޮށްފައެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ