30 އޮކްޓޯބަރު 2025 0 0

އެންވީޑިއާގެ އަގު 5 ޓްރިލިއަން ޑޮލަރަށް، ރިކޯޑެއް

އއެޑްމިން13:21 1 މިނިޓު
A
އެންވީޑިއާގެ އަގު 5 ޓްރިލިއަން ޑޮލަރަށް، ރިކޯޑެއް

ފަސް ޓްރިލިއަން ޑޮލަރަށް އަގު އެރި ފުރަތަމަ ޕަބްލިކް ޓްރޭޑް ކުންފުންޏަކަށް އެންވީޑިއާ ވެއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން މިހާރު ހީވެސް ނުކުރާހާ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި، އެންވިޑިއާ އިން ތާރީޚީ މި ކާމިޔާބީ ހޯދާފައިވާއިރު، ބުދަ ދުވަހު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 5.6 އިންސައްތައަށްވުރެ މައްޗަށް ގޮސް، އެއް ހިއްސާގެ އަގު 212.19 ޑޮލަރަށް އަރާފައެވެ.

ހިއްސާގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި އެންވިޑިއާގެ "ބްލެކްވެލް" ޗިޕްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގެ ޚަބަރުތައް ފެތުރުމެވެ.

މީގެ އިތުރުން، އިންވެސްޓަރުންގެ ފޯރި އިތުރުކޮށްދިން ކަމަކީ، އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ދެއްކެވި ވާހަކަފުޅުތަކެވެ.

އޭނާ ވިދާޅުވީ، ކުންފުނިން އޭއައި ޗިޕްތަކުން 500 ބިލިއަން ޑޮލަރުގެ ޑީލެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި، އެމެރިކާގެ ސަލާމަތާއި، ހަކަތައާއި، ސައިންސް ފަދަ ދާއިރާތަކަށް ޚާއްސަކޮށްގެން، އެތައް ހާސް އެންވިޑިއާ ޖީޕީޔޫ ބޭނުންކުރާނެ ހަތް ސުޕާކޮމްޕިއުޓަރު ބިނާކުރަމުން އަންނަ ކަމަށް ވެސް ހުއާންގް ހާމަކުރެއްވިއެވެ.

އެންވިޑިއާއިން މި ބޮޑު ކާމިޔާބީ ހޯދާފައިވަނީ، ހަތަރު ޓްރިލިއަން ޑޮލަރުގެ މައިލްސްޓޯން (މޭލުގާ) ހުރަސްކުރިތާ އެންމެ ތިން މަސް ތެރޭގައެވެ.

މި އަހަރު އެކަނި ވެސް އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 50 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ، ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ތަމުރީނުކުރުމަށާއި އެހެނިހެން އޭއައި މަސައްކަތްތަކަށް ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ އެ ކުންފުނީގެ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ)ތަކަށް އޮތް ހުއްޓުމެއް ނެތް ބޮޑު ޑިމާންޑެވެ.

އޭއައި ޓެކްނޮލޮޖީއަކީ އިންޓަނެޓް ފަދައިން ދުނިޔޭގެ އެކި ސިނާޢަތްތަކަށް އިންގިލާބެއް ގެނެސްދޭނެ ކަމެއް ކަމަށް އިންވެސްޓަރުން ދެކޭތީ، މުޅި ޓެކް ދާއިރާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ފާއިތުވި އަހަރު، އެންވިޑިއާ މައިގަނޑު ދައުރެއް އަދާކުރި ބިލިއަން ޑޮލަރުގެ އެތައް މުޢާމަލާތެއް ވަނީ ހިންގާފައެވެ. މިގޮތުން، މިދިޔަ ސެޕްޓެންބަރު މަހު، އޭއައިގެ ދާއިރާއިން ފައިދާ ހޯދަމުންދާ އަނެއް ކުންފުނި ކަމަށްވާ އޯޕަންއޭއައިގައި އަންނަ އަހަރުތަކުގެ ތެރޭގައި 100 ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކުރާނެ ކަމަށް އެންވިޑިއާއިން ވަނީ އިޢުލާންކޮށްފައެވެ.

މި ވަގުތު އެންވިޑިއާގެ ފަސް ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕަކީ، އެމެރިކާ، ޗައިނާ އަދި ޖަޕާނު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގެ ސްޓޮކް މާކެޓްތަކުގެ ޖުމްލަ އަގަށްވުރެ ވެސް ބޮޑު އަދަދެކެވެ.

މިއީ ޓެކްނޮލޮޖީގެ ދުނިޔޭގައި އެންވިޑިއާގެ ބާރާއި ނުފޫޒު ދައްކުވައިދޭ ހެއްކެކެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ