30 އޮކްޓޯބަރު 2025 0 0

ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި

އއެޑްމިން13:22 1 މިނިޓު
A
ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑޮލަރު އެކައުންޓުން މުއާމަލާތްކުރަން ޚާއްސަ ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން މި ކާޑު ތައާރަފުކުރީ "ދިވެހީންގެ ބޭންކު - މުޅި ރާއްޖެއަށް" ކެމްޕެއިން ލޯންޗުކުރުމަށް އިއްޔެ ބޭއްވި ޚާއްސަ ހަފުލާގައެވެ. މި ކާޑު ލޯންޗުކޮށްދެއްވީ އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ބީއެމްއެލްއިން ބުނީ، މި އައު ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްކުރެވޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ޚާއްސަ އިނާޔަތްތައް ވެސް ލިބޭނެ ކަމަށެވެ.

މި ކާޑުގެ ޚާއްސަ ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

  • ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ، މިގޮތުން 3,200 ޑޮލަރު ނެގޭނެ
  • ރާއްޖެއިން ބޭރުގެ މުއާމަލާތްކުރަން ދުވާލަކަށް 5,000 ޑޮލަރު ލިބޭނެ
  • ވިސާގެ ބައިނަލްއަގުވާމީ އޮފާތަކާއި، 24 ގަޑިއިރު ވިސާ ޕްލެޓިނަމް ކޮންސިއާޖް ޚިދުމަތް ލިބޭނެ

މި ކާޑު ތައާރަފުކުރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އައު ވިސާ ޕްލެޓިނަމް ޑެބިޓް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާ ވެސް ލިބޭނެ ކާޑެއް ކަމަށެވެ. އަދި، އަމާޒަކީ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ލިބޭ ބޭންކިން ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް ބީއެމްއެލްއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރި ކާޑެއް ކަމަށެވެ.

އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް، ކަސްޓަމަރުންނަށް މިހާރު މި ކާޑަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

25 ޖަނަވަރީ 202600
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

21 ޑިސެމްބަރު 202500
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

7 ޑިސެމްބަރު 202500
ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

5 ޑިސެމްބަރު 202500
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2 ޑިސެމްބަރު 202500
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

2 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ