31 އޮކްޓޯބަރު 2025 0 0

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާއްމުކޮށްފި

އއެޑްމިން22:00 2 މިނިޓު
A
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާއްމުކޮށްފި

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތައް، ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ގެންނަ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް

- އެޑިއުކޭޝަނަލް ސާވިސް

- ހެލްތު ސާވިސް

- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް

- ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް

- ޕްރޮޓެކްޓިވް ސާވިސް

- ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް

- ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށެވެ.


ފިނޭންސް މިނިސްޓްރީން ބުނީ މުސާރަތަކަށް ގެނައި ބަދަލުތަކުގެ ހުރިހާ ތަފްސީލެއް މާދަމާ ހާމަކުރާނެ ކަމަށެވެ.

https://www.finance.gov.mv/national-pay-commission/job-matrices


އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށެވެ.

އެހެންވެ، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަން ޖެހޭ ރިސްކަށް ބަލާނެ ކަމަށާއި އަދި ކުރިން ދޭ ގޮތަށް ރިސްކު އެލަވަންސްގެ ގޮތުގައި ވަކި އެލަވަންސެއް ނުދިނަސް މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ރިސްކަށް ހުށަހެޅޭ މީހުންނަށް ބަދަލު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރައަށާއި މަސައްކަތް ކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އެލަވަންސްތައް، އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު މަދު ނަމަ، އެ މުވައްޒަފަކަށް މައިގްރޭޝަން އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައިގްރޭޝަން އެލަވަންސް ދޭނެ އުސޫލެެއް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

ކުރީގެ ސަރުކާރުން ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.

ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން، މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ސިވިލް ސާވިސްގައި 30،436 މުވައްޒަފުން މަސައްކަތް ކުރެ އެވެ

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ