28 ޖުލައި 2025 0 0

ހަފުތާ ބަންދުގައި ވިއްސާރަ އަލިވިޔަސް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

އއެޑްމިން06:20 1 މިނިޓު
A
ހަފުތާ ބަންދުގައި ވިއްސާރަ އަލިވިޔަސް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

މި ހަފުތާ ބަންދުގައި ވިއްސާރަ އަލިވިޔަސް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މިއަދު ހެނދުނު 9 އިން މިއަދު މެންދުރު ފަހު 1:30 އާ ހަމައަށް ޔެލޯ އެލާޓް ވަނީ ދަންމާލައިފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެންމެ ވައި ގަދަވާނީ މިއަދު ކަމަށެވެ. މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.


މާދަމާއިން ފެށިގެން ވިއްސާރަ އަލިވި ނަމަވެސް އުތުރާއި މެދުރާއްޖެތެރެއަށް 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

އާދިއްތަ ދުވަހުން ފެށިގެން 10 މޭލާއި 20 މޭލަށް ވައި މަޑުވެ، ވިއްސާރަ އަލިވާން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މެޓުން ލަފާކޮށްފައިވާ ގޮތުގައި މޫސުން އެއްކޮށް ރަނގަޅުވާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އިއްޔެ އެންމެ ވައިބާރުވީ މާލެ ސަރަހައްދަށެވެ. ހުޅުލެއަށް ވިލާގަނޑުގައި އިއްޔެ ވަނީ 60 މޭލަށް ވައިބާރުވެފަ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ދަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ފެންބޮޑުވެ، ގެ ތަކަށް ގެއްލުންތައް ވަނީ ލިބިފަ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. ހާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.

މި ފަހުން މާލެ އިން ފުރައިގެން ކ. އެރިޔަދޫ އަށް ދަތުރު ކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އޭގައި ތިބި ތިން މީހަކު ވަނީ ނިޔާވެފަ އެވެ. އަދި މުދާ އުފުލާ ބޮޑު ބޯޓެއް ވެސް ވަނީ އަޑިއަށް ގޮސްފަ އެވެ.




ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ