3 ނޮވެމްބަރު 2025 0 0

އެއާޕޯޓުން ފޭރުނު "އެންމެ ޑޮލަރެއް" ވެސް އަދި ނުފެނޭ!

އއެޑްމިން19:22 2 މިނިޓު
A
އެއާޕޯޓުން ފޭރުނު "އެންމެ ޑޮލަރެއް" ވެސް އަދި ނުފެނޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވާކަން އެނގިއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ މަހު 27 ގައި ހިންގި ފޭރުމާ ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އައި ނަމަވެސް ވަގަށް ގެންދިޔަ އެއްވެސް ފައިސާއެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.

އެ ސޫޓް ކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ އެންމެން ވެސް އިއްޔެ އިން ފެށިގެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކުރީ ކ. ހުރާއިންނެވެ.

ނަމަވެސް އެ މީހުން ހުރައަށް އެރި ވަގުތު އެ މީހުންގެ އަތުން ސުޓްކޭހެއް ނުފެންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެ އެވެ. ފޭރުނު މީހުން އެ ދުވަހުގެ ހެނދުނު 8:45 ހާއިރު ކަމަށް ވާއިރު އޭގެ ކުރިން އެ މީހުންގެ ހަރަކާތްތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަކަށް ނޭނގެ އެވެ.

އެ މީހުން ފޭރުނު ކަމަށް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ.

ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން

1. މާޒިން މޫސާ، 25، / ރޭޝަމް، ލ. މާވަށް

2. އަހުމަދު ރައިހާން ނައީމް، 20، / މ. ކޯރަސް، މާލެ

3. އިބްރާހިމް އަނޫފް، 24، / އަޅިވިލާގޭ، ކ. ގުރައިދޫ

4. ހުސައިން ޝަހުދު، 30، / އަޅިވިލާގޭ، ކ. ގުރައިދޫ

މޫނު ނިވާކޮށްގެން ތިބެ، ވަޅިން ބިރު ދައްކައި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް އެމީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު ހުރައަށް ދިޔައީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށްވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައިވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ކުރިން ކިޔައިދީފައިވެ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ