3 ނޮވެމްބަރު 2025 0 0

ފަސޭހައިން ބެލޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

އއެޑްމިން19:24 1 މިނިޓު
A
ފަސޭހައިން ބެލޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފަސޭހައިން ބަލައިލެވޭ ގޮތަށް ހަދައިފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލޫމާތު ހިމަނައިގެން މިދިޔަ އަހަރު ހެދި އެޑިޔުކޭޝަން މިނިސްޓްރީން އާ ވެބްސައިޓުގައި އެކަޑަމިކް ކަލަންޑަރު އާންމުކުރަމުން އައީ ޕީޑީއެފް ކޮށެވެ.

މިހާރު ދިރާސީ ކަލަންޑަރު ޝާއިއުކޮށްފައި ވަނީ ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން، ފަސޭހައިން ބެލޭ ގޮތަށެވެ.

މީގެ އިތުރުން ޓާމްތަކުގެ ދުވަސްތައް ވެސް ވަކިން ފެންނާނެ އެވެ.

މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27 ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.

އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.

އަންނަ އަހަރުގެ ކަލަންޑަރުގައި، ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން، ދިރާސީ އަހަރުގެ ފެށުން އޮގަސްޓު މަހަށް ބަދަލުކުރި އެވެ. އެއީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހު 2021 ގަ އެވެ. ނަމަވެސް ބެލެނިވެރިންގެ އެދުމުގެ މަތިން މިހާރު ވަނީ ކަލަންޑަރު ބަދަލުކޮށް އަންނަ އަހަރުން ފެށިގެން ޖެނުއަރީގައި ކިޔެވުން ފަށާ ގޮތަށް އަނެއްކާވެސް ބަދަލުކޮށްފަ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ