27 ނޮވެމްބަރު 2025 0 0

ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތް ހަދަނީ

އއެޑްމިން23:45 1 މިނިޓު
A
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތް ހަދަނީ

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި އެ ބިލުގެ (88) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ" ކުށެކެވެ.

އެ މާއްދާގެ (ށ) ގައިވާ ގޮތުން އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވި ނަމަވެސް އެ ބިލުގައިވާ ގޮތުން، ކުށްކުރާމީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ނުރައްކާތެރިކޮށް، ނުވަތަ ފަރުވާކުޑަކޮށް، ދުއްވުމަކީ ޖިނާއީ ކުށެއް ކަމަކަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކު ނެތެވެ. އެގޮތަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވުން ނުވަތަ ބޮޑު އަނިޔާއެއްވުން ފަދަ ކަމެއް ހިނގައިފި ނަަމަ ދައުވާކުރާނީ އެހެން ގާނޫނަކުންނެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ކުރާނީ ހަމަ އެކަނި ޖުރިމަނާ އެކެވެ.

މީގެއިތުރުން އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ވަނީ ހިމަނައިފަ އެވެ.

އާ ގާނޫނު ހަދަން ހުށަހެޅި ބިލުގައި މިނޫން ވެސް ގިނަ ބަދަލުތަކެއް ހިމެނެ އެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް ފަހަކަށް އައިސް ގިނަވެފައި ވާއިރު އެކްސިޑެންޓްތަކުގައި މީހުން މަރުވުމާިއ ބޮޑެތި އަނިޔާތައް ލިބުން ވެސް ވަނީ އިތުރުވެފަ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

9 ޖުލައި 202600
ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

ތިނެސްކަން ލޯބީގައި ތާށިވެ އެންމެފަހުން މަރު

27 ޖޫން 202601
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

24 ޖަނަވަރީ 202600
ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއްގެ ތެރޭގައި ވަންދުއަށް ޑްރަގް އެތެރެކުރި ފުލުހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500
ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ބޮޑު އަނިޔާއެއް

21 ޑިސެމްބަރު 202500
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

21 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ