2 ޑިސެމްބަރު 2025 0 0

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އއެޑްމިން13:09 1 މިނިޓު
A
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ބިލާއި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ އާބާދީގައި 2،000 އަށް މަދު މީހުން ތިބި ރަށްރަށަށް އިންތިހާބުކުރާ ކައުންސިލް މެމްބަރުންގެ އަދަދު ތިނަކަށް މަދު ކުރުމަށެވެ.

ނަމަވެސް އެއަށް ވުރެ އާބާދީ އިތުރުވާ ރަށްރަށުގައި ފަސް ކައުންސިލް މެމްބަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދު 16 އަށް ދަށް ކުރުމަަށާއި ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރާއެކު އަށް މެމްބަރުން ތިބޭ ގޮތަށް އެ ބިލްގައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދު އެ ބިލްގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތަށް ބަލާއިރު ދެން އެއިން ކޮންމެ ކައުންސިލެއްގައި ވެސް ތިބޭނީ މޭޔަރާއެކު ހަތް މެމްބަރުންނެވެ.

އެ ދެ ބިލް މަޖިލީހުން ދާދިފަހުން ފާސް ކޮށްފައިވާއިރު، އެ ދެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދެވެ.

އެހެންވެ، އަންނަ ކައުންސިލް އިންތިހާބުގައި މެމްބަރުން އިންތިހާބު ކުރާނީ އެ އިސްލާހުގައިވާ ގޮތަށެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.

ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައިއިރު، މިހާތަނަށް ގާނޫނު އޮންނަ ގޮތުން 3،000 އަށް ވުރެ މީހުން މަދު ރަށްތަކުގައި ފަސް ކައުންސިލް މެމްބަރުން އަދި އެއަށް ވުރެ ގިނަ މީހުން އުޅޭ ރަށްރަށުގައި ހަތް ކައުންސިލް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

22 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ