5 ޑިސެމްބަރު 2025 0 0

ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ

އއެޑްމިން14:56 1 މިނިޓު
A
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ

މާލޭގެ މާފަންނު އަވަށުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ތިން ގަޑިއެއްހާއިރު ވަންދެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި މައްސަލަތައް ހުށަހަޅާފައިވާއިރު އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި އާންމުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ އިން ކޮންމެ ޝަކުވާއެއް ލިޔުމަކަށް ބަދަލުކޮށް، ރައީސް އޮފީހުން ބަލާނެ ކަމަށެވެ.

"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.


ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފުރުސަތު ދެއްވަނީ އެ ބަޔަކު ބޭނުންވާ ހުރިހާ ވާހަކައެއް ނުވަތަ ސުވާލުތައް އެ މަނިކުފާނަށް ދެންނެވުމަށެވެ. އަދި އެ މަނިކުފާނާ ހިޔާލު ތަފާތު ވާހަކަތަކެއް ބަޔަކު ދެއްކިޔަސް އެކަމާ ދުވަހަކު ވެސް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އެ ވާހަކަތަކަށް މަރުހަބާ ވެސް ދަންނަވާ ކަމަށް ވިދާޅުވި އެވެ.

"ހަމަ ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ވިދާޅުވާންވީ،" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ، ކުރިމަގުގައި ވެސް ކޮންމެ ވާހަކައެއް އަދި ކޮންމެ ހިޔާލެއް ވެސް އެ މަނިކުފާނަށް ހުށަހެޅުމުގެ އާންމު ފުރުސަތު އެންމެންނަށް ދެއްވާނެ ކަމަށެވެ.

"އަދި އެ ކަމަކަށް ދޭންޖެހޭ ޑިއު ރެސްޕެކްޓް، ޑިއު ވެއިޓް އެ ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ނުބަލާނެ. އެ ބޭފުޅެއްގެ ޖިންސަކަށް އެ ބޭފުޅެއްގެ އާއިލާއަކަށް ހަސަބަކަށް ނަސަބަކަށް އަދި އެހެން ކަމަކަށް ނުބަލާނަން. ކޮންމެ ބޭފުޅަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން އަޅުގަނޑަށް ހަމަހަމަ ރައްޔިތެކޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއިން ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ހައްގުތައް ފޯރުކޮށްދިނުމުގައި ހޯދައި ދިނުމުގައި ސަރުކާރުން ކަންކަން ކުރަމުންދާނީ އަދުލުވެރިކަމާ އެކީގައި ހަމަހަމަކަމާ އެކީގައި."

މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން މި ސަރުކާރަށް ދެ އަހަރު ފުރުނު ދުވަހުގެ ރޭ (މިދިޔަ ނޮވެމްބަރު 17) އިއުލާން ކުރެއްވި ފަހުން ރައީސް މުއިއްޒު މިހާތަނަށް ވަނީ ތިން އަވަށުގެ މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނެވެ.

ޝެއާ ކުރައްވާ

ކޮމެންޓުތައް (0)

450 އަކުރު ބާކީ

ކޮމެންޓުތައް ޝާއިޢުކުރެވޭނީ ރިވިއުކުރުމަށްފަހު.

ގުޅުންހުރި ޚަބަރު

އިތުރަށް ←
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި، ނިމިއްޖެ

25 ޖަނަވަރީ 202601
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

25 ޖަނަވަރީ 202600
ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް ފަށައިފި

22 ޖަނަވަރީ 202600
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

30 ޑިސެމްބަރު 202500
މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

22 ޑިސެމްބަރު 202500
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީ، ތިރީ ބައި ޕާކިންއަށް މަޖުބޫރުކުރަނީ

22 ޑިސެމްބަރު 202500

ތާޒާ ޚަބަރު އީމެއިލް މެދުވެރިކޮށް ލިބިގަތުމަށް ސަބްސްކްރައިބް ކުރައްވާ