މީގެ ދެއަހަރު ކުރިން ސޯޝަލް މީޑިޔާއިން ފެންނަން ފެށީ، ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ކަމުގައިވާ ސަރުކާރަށް ތާއީދުކުރާ މަދު ބަޔަކު ރަސްމާލޭގެ ފަސްގަނޑުގެ ފޮޓޯއާއި ވިޑިޔޯ. އެއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލުކަމުގައި ބުނި. ރައީސް މުއިއްޒު ބޭނުންކުރި ލަފްޒަކީ "ޓޯޓަލް ހައުސިން ސޮލިއުޝަން" ނުވަތަ "ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލު". އެއީ ރިޔާސީ އިންތިހާބުގެ ކެންޕޭނު ދުވަސްވަރު. ގިނަ ބަޔަކު އެބަސް ގަބޫލުކުރި. އަދި ވޯޓުވެސް ދިން.
ވެރިކަމުގެ ހުވާ ކުރި ހިސާބުން މިއަދާ ހަމަޔަށް ތަކެތީގެ އަގު އުފުލި، ދަތި ހާލުގައި ރައްޔިތުން އުޅެން ޖެހުނީ ރަސްމާލެ ހިއްކުމަށް އިންތިހާއަށް ހަރަދުކުރަންޖެހިގެން ކަމަށް އަބަދުވެސް ބުނާ އަޑުއިވުނު. ކޮންމެއަކަސް މި ކަމެއް ނިމި މިހާރު އެތަން އެ ވަނީ އަލައްބާރުއޭ ކިޔުނު މަހުޖަނަކަށް ދީ ނިންމާފައި. އަލައްބާރަކީ އިސްލާމީ ގައުމަކަށް ނިސްބަތްވި ކަމުގައި ވިޔަސް، ޔަހޫދީންނަށް ތާއީދުކުރާ އަދި ވާގިވެރިވާ ފަރާތެެއްކަމަށް ރާއްޖޭގެ ގިނަ އިލްމުވެރިންނާއި، ކަމުވޮށިވެގެންވާ ފަރާތްތަކުން ދަނީ ބުނަމުން. މީނާ ދަނީ ސިއްރުންނާއި ފާޅުގައި ޔަހޫދީންނަށް ވާގިވެރިވަމުން ކަމަށް ސޯޝަލް މީޑިޔާއިން ފެންނަ ޕޯސްޓްތަކުން އެބަ ފާހަގަވޭ.
އަލައްބާރަށް ރަސްމާލެ ދިނުމުގެ ނަތީޖާއަކީ ރައްޔިތުން ބޯހިޔާވަހިކަމުން މަހުރޫމްވުން ކަމަށް ގިނަ ބަޔަކު ބުނޭ
އަލައްބާރުއަށް ނަސީރުބޭބެ ބުނެލީ، ދިވެހިންނަކީ މުސްލިމުން ކަމުގައިވާތީ، އިޒްރަހެލަށް ވާގިވެރިވާ އަދި ތާއީދުކުރާ ފަރާތަކަށް އަލައްބާރުވާތީ، އަދި ފާޅުގައި އިޒްރަހެލަށް ތާއީދުކޮށް ވާހަކަ ދައްކާތީ، ރާއްޖޭގެ ރައްޔިތުން ތާއީދު ނުކުރާ ކަމެއްގެ ތެރެއަށް ނުވަނުމަށް. އޭގެ ސަބަބުން ދާދި އަވަހަކަށް އޭގެ ގެއްލުން އަލައްބާރަށް އަދި ހަމަ ދިވެހިންނަށް ފޯރާނެ ކަމަށް. މައުނައީ، ސާރުކާރު ނިމެން ކައިރިވެފައިވުމާއެކު، ދެން ހަވާލުވާ ސަރުކާރުން ރައްޔިތުންގެ އެދުމާ އެއްގޮތަށް އެކަމަށް ބަދަލުގެނެސްދާނެކަމަށް. ނަސީރުބޭބެގެ ވާހަކަ ނިންމާލީ މި ސަރުކާރަށް މާގިނަ ވަގުތެއް ނެތްކަމަށް ހަނދާންކޮށްދެމުން.
ރާއްޖޭގައި އަަބަދު އޮތް ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތް ނުކުރުމަށްވެސް ނަސީރުބޭބެ އެދުނު.



ކޮމެންޓުތައް (0)