މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލޭގެ މުހިންމު 14 ބިމެއް ދައުލަތަށް ނަގަން ނިންމައިފި
ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގާ ތަންތަން:
ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
މަސް މާރުކޭޓު
މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
ލޯކަލް މާރުކޭޓު
މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
ކާނިވާ ސަރަހައްދު
އާޓިފިޝަލް ބީޗު
މަސްވެރިންގެ މައިޒާން
ތައިސޭ ކޮށި
ކުލީ ފާޚާނާ ނަންބަރު 2
ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
ބޮނޑިބަތް ޕާކު
ރަސްފަންނު
މިކަމުގެ ސަބަބުން މާލޭގެ ރައްޔިތުން ނިކަމެތިކޮށްފި ކަމަށާއި، އެކިއެކި ނަންނަމުގައި ވެރިކަމަށް އައި ކަމުގައި ވިޔަސް ސަރުކާރު ހިންގާ ޕާޓީގެ ފިކުރަކީ އިހުގެ ފިކުރެއްކަމަށް ބައެއް މީހުން ސިފަކުރޭ
ކެންޕޭނުގެ ތެރޭގައި ވީ ވައުދުތައް ނުފުއްދާކަމަށާއި، ރައްޔިތުންގެ އެތަކެއް ފައިސާއެއް ބޭނުންކޮށްގެން ހިއްކާފައިވާ ރަސްމާލެ ބޭރުގެ ފަރާތަކަށް ދީފައިވާ އިރު މި ފަސްގަނޑުގެ އެންމެ ވެލިފުކެއް އެއްވެސް ބޭރުގެ ފަރާތަކަށް ނުދޭނެކަމަށް ކުރިން ވައުދުވެފައިވޭ.









ކޮމެންޓުތައް (0)