އަލްބޭނިޔާގެ ބޮޑު ވަޒީރު ރާމާގެ އިސްތިއުފާއަށް ގޮވައި، ވެރިކަމުން ފޭބުމަށް އަންގައި ރައްޔިތުން ކުރާ މުޒާހަރާ ދަނީ ހުއްޓުމެއް ނެތި ކުރިޔަށް. މިއީ އޭނާ ވެރިކަން ކުރާ 4 ވަނަ ޓާމް.
އަލްބޭނިޔާގެ ކަންތައްތައް ހަމައިން ނެއްޓި ގައުމުގެ ހާލަތު ގޯސްވަމުންދާތީ، ރައްޔިތުން މުޒާހަރާކުރަމުންދާއިރު، ފުލުހުން ދަނީ އެމީހުން ހުއްޓުވުމަށް ރަބަރު އުންޑައާއި ފެންބަޑި އާއި ކަރުނަ ގޭސް ބޭނުންކުރަމުން.
ބޮޑުވަޒީރު ރާމާ ހުރީ އިސްތިއުފާ ދޭ ގޮތަކަށް ނޫން. އޭނާ ވަރަށް ސާފުކޮށް ބުނެފި އޭނާ އިސްތިއުފާ ނުދޭނެކަމަށް. ރައްޔިތުން ބުނަނީ އޭނާ އިސްތިއުފާ ނުދެނީސް މުޒާހަރާ ހުއްޓާނުލާނެކަމަށް.
ރައްޔިތުންގެ ޖީބުން ކުރާ ހޭދަ އިތުރުވެފައިވާއިރު، އެކަށީގެންވާ މުސާރައެއް ނުލިބޭ މައްސަލާގައި މުޒާހަރާކުރަމުން ދާއިރު، މުޒާހަރާ ކޮންޓްރޯލްކުރުމަށް ނިކުމެ ތިބި ފުލުންނަކީ އެކަށީގެންވާ ތަމްރީނު ލިބިފައި ނެތް ބައެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން.
ވެރިކަމުގައި ތިބި ވެރިން ގައުމު ފަސާދަކޮށް ރައްޔިތުން ބިކަ ހާލުގައި ޖައްސަމުން ދާކަމަށް ބުނެ ރައްޔިތުން ނުރުހިފަ ތިބޭތާ އެތަކެއް ދުވަސްވެއްޖެ. މި ސިލްސިލާ މުޒާހަރާ "ފްލެމިންގޯ ރިވޯލިއުޝަން" ގެ ނަމުގައި ފެށުނީ މޭ މަހުގެ ތެރޭގައި.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕުގެ ދަނބިދަރިކަލުން ޖެރާޑަށް އަލްބޭނިޔާއިން ރިސޯޓެއް ދީފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ރައްޔިތުން ތުހުމަތުކުރޭ. މި މައްސަލާގައި ރައްޔިތުން ތިބީ ނުރުހިފައި.






ކޮމެންޓުތައް (0)